ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ-- ފޮޓޯ: ވީނިއުސް
ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓްއެލާޓް ނެރެފި
ރާއްޖޭގެ ދެކުނަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.

ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މިއަދު އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ބުނެފައިވެއެވެ.

ވީމާ ކަނޑު ދަތުރު ކުރުމުގައި ވީހާވެސް ބޮޑަށް ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށާއި، މި ދުވަސްވަަރަކީ ވައިގަދަވެ ކަނޑުގަދަ ދުވަސް ވަރެއް ކަމުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ލަފާދެއްވާ ކަމުގައިއެވެ.

ދެކުނަށް ވައިޓް އެލާޓް ނެރެފައި ވާއިރު ފަސް މީހުންނާއި އެކު ކާށިދޫ އިން ފުރައިގެން ޅ އަތޮޅަށް ދަތުރު ކުރި ސަޕްލައި ދޯންޏެއް އަޑިއަށްގޮސް އޭގެން ދަތުރު ކުރި އެންމެން ވަނީ ކޯސްޓްކާޑުގެ އެހީތެރިކަމާއި އެކު ސަލާމަތް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް