ads
ސްޓްލެކޯ ވޯކްޝޮޕް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ސްޓެލްކޯއިން އިލެކްޓްރިކް ވެހިކަލް އެސެމްބަލް ކުރަނީ
އިލެކްޓްރިކް ކާރު ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯގައި އެސެމްބަލް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.

 ސްޓެލްކޯގެ ވޯކްޝޮޕް، ސްޓޭޓް އިލެކްޓްރިކް ވޯކްޝޮޕް (ސްޓެވޯ) ރަސްމީކޮށް ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މުޣުނީ ވިދާޅުވީ އެކުންފުނިން ބޭނުންވަނީ އިލެކްޓްރިކް ވެހިކަލް އުފެއްދުމަށް ބޭނުންވާ ބައިތައް ރާއްޖެއަށް ގެނެސް ރާއްޖޭގައި އެސެލްބަލް ކުރުމަށް ކަމަށެވެ. އަދި އިލެކްޓްރިލް ވެހިކަލް ރާއްޖޭގައި އެސެމްބަލް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މުޣުނީ ވިދާޅުވީ މިހާރު ސްޓެލްކޯއިން އެސެމްބަލް ކުރި ޖެނެރޭޓަރު ވެސް ދައްކާލެއްވިއްޖެ ކަމަށާއި ދެން އެ ކުންފުނިން ބޭނުން ވަނީ އިލްކްޓްރިކް ވެހިކަލެއް އެސެމްބަލް ކުރަން ކަމަށެވެ.

މުޣުނީ ވިދާޅުވި ގޮތުގައި މި ވެހިކަލްތައް އުފައްދަން ނިންމީ ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓުތައް ހިންގުމަށް އިސްކަންދޭ ގައުމަކަށްވާތީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ގިނަ ކުރުމަށް ކަމަށެވެ. އަދި މި ވެހިކަލްތަކަކީ ރާއްޖޭގެ މަގުތަކުގައި ދުއްވަން ރައްކާތެރި ގޮތަކަށް އުފައްދާ ވެހިކަލްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ ވޯކްޝޮޕް ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.

ސްޓެވޯ ހުޅުވާފައި ވަނީ އެ ވޯކްޝޮޕުން ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށެވެ. އެގޮތުން ޕަވާ ސިސްޓަމް ޑިޒައިން ކުރުމާއި ޕަވާ ޖަނަރޭޓަރު ސާވިސަސް އަދި ޖަނަރޭޓާ އެސެމްބްލި ހިދުމަތުގެ އިތުރުން، ޖަނަރޭޓަރު ސާވިސަސްވެސް ހިމެނެ އެވެ. އޭގެ އިތުރުން އާރްއޯ ފްލާންޓް އެމްސެމްބްލީގެ ހިދުމަތާއި އަލްޓްރަސޮނިކް ކްލީނިން ހިދުމަތާއި އޯލްޓަނޭޓާ އެންޑް މޮޓޯ ސާވިސަސްގެ ހިދުމަތްވެސް އެ ވޯކްޝޮޕުން ދޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް