ads
އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ
އިންޑިއާއިން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓެއް އަޑިއަށް ދަނީ
އިންޑިއާގެ ޓުޓިކޮރިންއިން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް އަޑިއަށްދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އަޑިއަށް ދާ ކަމުގެ ރިޕޯޓު ލިބިފައިވަނީ އިންޑިއާގެ ޓުޓިކޮރިންއިން ފުރައިގެން މާލެ ދަތުރުކުރި "އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.

އެ ބޯޓް، ޅ.އަތޮޅުގެ އިރުން 130 ނމ. ބޭރުން އަޑިއަށް ދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ ހަވީރު 16:57 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ބޯޓު މާލެ އަށް ދަތުރު ފެށީ މިމަހުގެ 2ވަނަ ދުވަހުއެވެ. އެ ސަރަހައްދުގައި ކޯސްޓުގާޑުން ހަރަކާތްތެރިވަމުންދާކަން އެމްއެންޑީއެފުން ހާމަކޮށްފައިވަނީ ދާދި ދެންމެ އަކުއެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. 

ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް، ޅ.އަލިގާގެ ހުޅަނގުން 4 ނމ. ބޭރުން އަޑިއަށް ގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަަމަށް އެމްއެންޑީއެފުން މިއަދު ހެނދުުނު ވެސް ބުނެފައިވެއެވެ. އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ ފަތިހު 05:59 ހާއިރުއެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް