ads
ނ.ހޮޅުދޫ
ހޮޅުދޫ ކޮމިއުނިޓީ ޕާކްގައި "ޕާކްހަޓް" ކެފޭ އެއް ހިންގާނެ ބަޔަކު ހޯދަނީ
ނ.ހޮޅުދޫ ކޮމިއުނިޓީ ޕާރކްގައި ހެދިފައިވާ "ޕާރކްހަޓް" ކެފޭއެއް ހިންގުމަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާތީ އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން، އެރަށު ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ނ.ހޮޅުދޫ ކޮމިއުނިޓީ ޕާރކްގައި ހެދިފައިވާ "ޕާރކްހަޓް" ކެފޭއެއް ހިންގުމަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެގެން 07 ސެޕްޓެމްބަރ 2021 ގައި އެ އިދާރާއިންކުރި ނަމްބަރ: (IUL)295-B/2021/30 އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތަށް ބައެއް ބަދަލުތައް އައިސްފައިވާކަމަށެވެ. 

އެހެންކަމުން، ނ.ހޮޅުދޫ ކޮމިއުނިޓީ "ޕާރކްހަޓް" ހުސްބިމާއެކު ކެފޭއެއް ހިންގުމަށް 07 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް ހޮޅުދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދޭކަމަށެވެ. 

 ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިއްބަވާ ފަރާތްތަކުގެ ޙާޟިރުގައި ކަމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައިޑީކާޑު ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވާކަމަށްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ. 

އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއި އަދި ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑު ކޮޕީ ހުށަހެޅުއްވުމަށްވެސް ވަނީ އެދިފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް