ads
ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ފަންނީ އަދި މިއުޒިކީ ހަރަކާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ރެޖިސްޓަރ ވުމުގެ ފުރުޞަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފިއެވެ.

22 އޮކްޓޯބަރު 2021 ވަނަ ދުވަހަކީ ޤައުމީ ޒުވާނުންގެ ދުވަސް ކަމުގައިވާތީ، މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަހާއި ގުޅިގެން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަފާތު ޙަރަކާތްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. 

އެގޮތުން މާލޭގައި ހިންގުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރެއިން މާލޭގެ ސަލްޓަންޕާކާއި އުސްފަސްގަނޑު ސަރަޙައްދުގައި ބޭއްވޭ ފަންނީ އަދި މިއުޒިކީ ހަރަކާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ރެޖިސްޓަރ ވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. 

ވީމާ، މި ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 10 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް ވަނީ އިއުލާންކޮށްފައެވެ. 

 އެޕްލިކޭޝަން ހުށަހަޅުމަށް ހަމަޖައްސާފައިވަނީ، ގޫގުލް ލިންކް މެދުވެރިކޮށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް