ads
ނަޝީދު ހިތްހަމަ ނުޖެހުމުން އިންޑިއާ އައުޓު ޕެޓިޝަނުން ޒަމީރުގެ ސޮއި ނަންގަވައިފި
"އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުގައި މާލެ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޝަމީރު ސޮއި ކުރެއްވުމަކީ ރައީސް ނަޝީދު ހިތްހަމަ ނުޖެހޭ ކަމަކަށްވާތީ އޭނާ ކުރެއްވި ސޮއި ނަންގަވައިފި އެވެ.

އެކަން ހާމަކުރައްވާ ޒަމީރު ވިދާޅުވީ، "އިންޑިއާ އައުޓް" ނަމުގައި ހިންގި ޕެޓިޝަންގައި ފާޅުކޮއްފައިހުރި ކަންބޮޑުވުންތަކާއިމެދު އާންމުކޮށް ވާހަކަދެކެވި އެކަންތައްތައް
ހަގީގަތުގައި އޮތްގޮތް ރައްޔިތުއްނަށް ސާފުވުމަކީ މުހިންމުކަމެއްކަމަށް
ދެކޭތީ، ޕެޓިޝަންގެ ޒަރީއާއިން ހާސިލްކުރުމަށް އުންމީދުކުރި
ނަތީޖާއަކީ ބައެއްރައްޔިތުންގެ ހިތްތަކުގައިއޮތް ނުތަނަވަސްކަމަށް
ޖަވާބުހޯދައި، ކިލަނބުކަންފިލުވާލުން ކަމަށެވެ. 

“އެހެންނަމަވެސް އެޕެޓިޝަންގައި އަޅުގަނޑު ސޮއިކުރިކުރުމަކީ އަޅުގަނޑުގެ ދާއިރާގެ އެމްޕީ (އެމްޑީޕީގެ ރައީސް) ރައީސް ނަޝީދު ނުރުހޭ ކަމަކަށްވާތީ އެޕެޓިޝަންގައި އަޅުގަނޑު ސޮއިކުރިކުރުން އަބުރާ ގެނެސްފި ވާހަކަދައްނަވަން" ޒަމީރު ވިދާޅުވިއެވެ.



ޒަމީރުގެ ސޮއި އަބުރާ ގެނެސްފައިމިވަނީ އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން އިސްވެތިބެ ހިންގާ ސިޔާސީ ހަރަކާތްތެއްކަމުގައިވާ "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުގައި ސޮއި ކުރުން ކުއްވެރި ކުރައްވާ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ މައްޗަން ގޯޅި މެދު ދާއިރާއިން ބަޔާނެއްވެސް ނެރެފައި ވަނިކޮށެވެ.

އެ ބަޔާނުގައި ވަނީ އެ ޕެޓިޝަނުގައި ސޮއިކުރުން އެއީ އެމްޑީޕީއާއި އިދިކޮޅު ފަރާތްތަކަށް ވާގިވެރިވުމުގެ ގޮތުން އެމީހުން ހިންގާ ހަރަކާތަށް ބާރުލިބޭގޮތަށް ކޮށްފައިވާ އަމަލެއްކަމުގައި
ދެކޭ ކަމަށެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެން ހުރެ އެ ޕެޓިޝަނުގައި ސޮއިކުރުން އެއީ އެމްޑީޕީގެ އަސާސީ ޤަވާއިދާއި، ދުރޫސުލް އަހްލާގުގެ ހަމަތަކުން ބޭރުކަމެއް ކަމުގައި ދެކި އަދި ކައުސިލަރު ޒަމީރުގެ އެ ޢަމަލުގެ ސަބަބުން އެ ދާއިރާގެ އެމްޑީޕީގެ އާންމު މެންބަރުން ކަންބޮޑުވުން
ފާޅުކުރަމުންދާތީ، އެޕާޓީގެ މައްޗަންގޮޅި މެދު ދާއިރާއިން އެ އަމަލު ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެޕާޓީގެ ހާރިޖީ ސިޔާސަތަކީ އެހެނިހެން ގައުމުތަކާ އެކު ހާރިޖީ ގުޅުން ވަރުގަދަކޮށް ދެމެހެއްޓުންކަމަށްވުމާއި، ދިވެހިރާއްޖެއާ އިންޑިއާގެ ގުޅުމަކީ ޒަމާންތަކެއްވީ ހަރުދަނާ ގުޅުންތަކެއް އޮންނަ އަވަށްޓެރި ގައުމަކަށްވާތީއާއި، އިދިކޮޅު ފަރާތްތަކުން އިސްވެތިބެ ހިންގާ އިންޑިއާ މިލިޓަރީ އައުޓް" ހަރަކާތަކީ ދިވެހިރާއްޖެއާ އަވަށްޓެރި އިންޑިއާ ދެމެދު އޮންނަ ވަރުގަދަ ގުޅުންތައް ހީނަރުކޮށް، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާގޮތަށް ބައްޓަންކޮށްގެން ރޭވިގެން ހިންގާ ވިޔާނުދާ ޢަމަލަކަށްވާތީ، އިދިކޮޅުން ހިންގާ މިފަދަ ނޭއްގާނީ ހަރަކާތްތަކުގައި އެޕާޓީގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުސިލަރު ބައިވެރިވުން އެއީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ 

"އެހެންކަމުން ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެކަންތައްތަ ތައްތައް ނުކުރުމަށާއި އެ ސޮއި އަނބުރާ ނެންގެވުމަށް އެ ދާއިރާގެ އެމްޑީޕީ މެންބަރުންގެ ފަރާތުން ޒަމީރުއަށް އަޅުގަނޑު ގޮވާލާ" ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

"މިނިވަންކަމުގެ ދިފާޢުގައި ދިވެހިން" ނަމުގައި އިދިކޮޅުން މިހާރު ސޮއި ހޯދަމުންދާ ޕެޓިޝަނުގައި ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިޔާގެ ސަރުކާރާއެކު ސިއްރު ޢަސްކަރީ އެއްބަސްވުންތަކެއް ޤާއިމްކޮށް، އިންޑިޔާގެ އަސްކަރީ ބޭނުންތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުސަތު ދީފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ހިލާފަށްކަމަށެވެ.

އެ އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި، ދިވެހި ޤައުމުގެ މިނިވަންކަމަށް ބުރޫ އަރާފައިވާތީ، ދިވެހިރާއްޖޭގައި ޤާނޫނާއި ހިލާފަށް މިހާރުތިބި އިންޑިޔާގެ އެންމެހާ އަސްކަރީ ފަރާތްތަކާއި ވަސީލަތްތައް
ދިވެހި ބިމުން ބޭލުމަށް އިންޑިޔާގެ ސަރުކާރުގައި އެދޭ ކަމަށް އެ ޕެޓިޝަނުގައި ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް