ads
އަލީގެ ޕާސްޕޯޓު މައްސަލާގައި ޕީޖީ އޮފީހުން "ބަލި ގަބޫލު" ކޮށްފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައިދެވެން ނެތް ކަމަށް ހައިކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

ޖިންސީ ގޯނާގެ އެތައް ތުހުމަތެއް ކުރެވިފައި ވަނިކޮށް، ގާނޫނާއި ހިލާފަށް ދޫކޮށްލި ޕާސްޕޯޓެއްގައި ހަމަ އެދުވަހު ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ވަނީ ރާއްޖޭއިން ފުރާވަޑައިގެންފަ އެވެ. އޭގެ ފަހުން އޭނާ ހުންނެވީ ޝަރީއަތަށް ހާޒިރުނުވެ، ރާއްޖެއިން ބޭރުގައެވެ.

އޭގެ ފަހުން އަލީގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް އެދި ޕީޖީ އޮފީހުން މިހާތަނަށް ތިން ފަހަރެއްގެ މަތިން ކޯޓުތަކަށް ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް އެއި ކޮންމެ ފަހަރަކުވެސް ކޯޓުން ނިންމާފައިވަނީ ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓެއް ހިފަހައްޓައިދެވެން ނެތް ކަމަށެވެ. 

ސަބަބަކަށް ބުނަނީ "ގާނޫނުގައި އޮންނަނީ ރާއްޖޭގައި އެމީހަކު ހުއްޓާ ޕާސްޕޯޓު ހިފެހެއްޓިދާނެ ގޮތްތަކެއް ކަމާއި، ރާއްޖޭގެ އިހްތިސޯސް ބޭރުވެ، އޭނާ ފިލުމުން ޕާސްޕޯޓެއް ހިފެހެއްޓިދާނެ އުސޫލެއް ގަވާއިދުގައި ނެތުމެވެ. 

އެންމެ ފަހުން އަލީގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް އެދުމުން ހައިކޯޓުންވެސް ނިންމީ އެކަހަލަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ. 

އެހެންކަމުން ޕީޖީ އޮފީހުން އެންމެ ފަހުން ބަލި ގަބޫލުކޮށް މިހާރު ނިންމާފައިވަނީ އިތުރަށް އެ މައްސަލާގައި ކޯޓުތަކަށް ނުދުވުމަށެވެ. 

ޕީޖީ އޮފީހުގެ ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ސީއެންއެމް" އަށް ވިދާޅުވީ، ހައި ކޯޓުގެ ނިންމުން އިސްތިއުނާފު ނުުކުރާނެ ކަމަށާއި އަލީގެ ޕާސްޕޯޓު މައްސަލާގައި ދެން އިތުރަށް ކޯޓަށް ނުދާނެ ކަމަށެވެ. 

އަޅުގަނޑުމެން އަލީ ވަހީދު ރާއްޖެ ގެނެއުމުގެ މަސައްކަތެއް ހުއްޓައެއް ނުލާނަން. އަލީ ނަމަވެސް ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް އެދި އެމައްސަލާގައި ދެން ކޯޓުތަކަށް ހުށަހަަޅަން ނުވިސްނަން. މިހާރު މަސައްކަތް ކުރަމުންދަނީ އެމައްސަލާގައި ލީގަލީ ކުރެވެން އޮތް ކަމެއްތޯ ބަލާ އެމަގުން މަސައްކަތް ކުރުމަށް" ޝަފީއު ވިދާޅުވިއެވެ.

ޕީޖީން މިހާރު މަސައްކަތް ކުރަމުންދަނީ ގާނޫނީ ގޮތުން އެކަމަށް އަންނަ ހުރަސް ތައް ނައްތާލާއި އެ ގާނޫނަށް ބަދަލު ގެނެއުމަށެވެ.

 އެންމެ ފަހުން ބޭއްވި އަޑުއެހުންތަކުގައި އަލީގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މުހިންމު ކަމާއި ބެހޭ ގޮތުން ވާހަަކަދައްކަވަމުން ދައުލަތުން ބުނީ ޕާސްޕޯޓު ހިފެހެއްޓުމުން ވިސާ ސައްހަ ނޫން ވިސާއަކަށް ވާނެ ކަމަށެވެ. ވިސާ ސައްހަ ނޫންނަމަ ދާއިމަށް އެ ގައުމުގައި ނުހުރެވޭނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ހުރި ގައުމަކުން އެބުރި ރާއްޖެ އަންނަން ޖެހޭނެ ކަން ދައުލަތުން ފާހަގަކުރެއެވެ.

ހަގީގަތުގައި ޕާސްޕޯޓު ހިފެހެއްޓުމާ ބެހޭ މާއްދާގެ ބޭނުމަކީ މީހަކު ރާއްޖޭގައި މަޑުކުރުވުން ކަން ދައުލަތުން ފާހަގަކުރެއެވެ. އަލީގެ ޕާސްޕޯޓު ހިފަހައްޓައިފި ނަމަ އޭނާ ރާއްޖެއަށް ގެނެސް ރާއްޖޭގައި ބެހެއްޓޭނެ އެވެެ. މިހާރު ޕާސްޕޯޓު ހިފެހެއްޓުމުން ރާއްޖެ ނޫން ގައުމަކަށް ފުރައިގެން ދާން ހުރަސް އެޅޭނެ ކަމަށާއި އަދި ރާއްޖެއަށް ގެނައުމަށް ފަސޭހަވެގެންދާ ކަމަށްވެސް ފާހަގަކުރެ އެވެ.

ދައުލަތުން ބުނީ ޕާސްޕޯޓު ކެންސަލް ކުރުމަކީ އޭނާ ރާއްޖެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމަށެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ޖެހޭ ސަބަބުތައް ތަކުގެ ތެރޭގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ތުހުމަތު ކުރެވޭ ވަރަށް އޭނާގެ މައްޗަށް ހެކި ހުރުމާއި، މީގެ ކުރިން ވެސް ފިލައިގެން ގޮސްފައިވާތީ އާއި ރާއްޖެއިން ބޭރުގައި ހުރެގެން ހެކިންނަށް ނުފޫޒު ފޯރުވުން ހުއްޓުވުން ހިމެނެއެެވެ. 

ބޭސްފަރުވާއަށް ދިން ހަތަރު މަސް ދުވަހުގެ ތެރޭގައިވެސް ރާއްޖެއަށް އަލީ ނައިސްގެން އޭނާގެ މައްޗަށް ކުރާ ދައުވާތައް އޮތީ ކޯޓުގައި ފުނިޖެހިފައެވެ. ރެޑް ނޯޓިސް ނެރެގެންވެސް އޭނާ ގެނެވޭގޮތެއް އަދި ހަމަ ފުލުހުންނަކަށްވެސް ނުވިއެެވެ. ކޯޓުތަކަކަށްވެސް ނުގެނެވުނެވެ. އޭނާ ފުރުވާލީ އޭނާގެ މައްޗަށް އަންނާނެ ހުކުމަކުން ސަލާމަތްކޮށްދޭނީ ސަރުކާރުން ކަމަށް ހުދު އޭނާ ބުނާ ކަމުގެ ވާހަކަތަކެއްވެސް މިހާރު އޮތީ ފެތުރިފައެވެ. 

އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން އޭނާގެ ގެނައުމުގެ މަސައްކަތް ފުލުހުން ކުރަނިކޮށް ވިސާގެ މުއްދަތު ހަމަވެގެން ޔޫކޭއިން އޭނާ ހައްޔަރުކުރީ ވެސް އޭނާގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ދައުވާތަކެއްގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވުމަށް ދެ ފަހަރެއްގެ މަތިން އެންގުމުން ވެސް އަމުރު ބޮލާލާ ޖަހައި، ކޯޓަށް ގޮންޖައްސަވާ ބޭރުގައި ފިއްލަވައިގެން އުޅުއްވަނިކޮށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް