ads
ރައީސް ސޯލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއެކު--
ވިސާ އާއި ނުލައި ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރެވޭނެ
ބޭސްފަރުވާ އަށާއި އެހެނިހެން ބޭނުންތަކަށް ވިސާ އާއި ނުލައި ދިވެހިންނަށް އަވަށްޓެރި އިންޑިއާއަށް ދަތުރުކުރެވޭނެ ގޮތަށް ބަދަލު ގެނެސްފި އެވެ.

އިންޑިއަން ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވިސާ ނަގަން ނުޖެހޭނެ ކަމަށާއި، ބޭސްފަރުގެ ކަންކަމާއި ވިޔަފާރި ބޭނުންތަކުގައި 3 މަސް ދުވަހު ވިސާ އާއި ނުލައި އުޅެވޭނެކަމަށެވެ.

ކޮވިޑާއި ގުޅިގެން އެޅި ހަރުކަށި ފިޔަޅެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އެންމެ ފުރަތަމަ ވިސާ އާއި ނުލައި ދަތުރު ކުރެވޭ ގައުމަކަށް ރާއްޖެ ވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ. ބަޔާނުގައި ވެއެވެ.

ކޮވިޑާއި ގުޅިގެން ބޭރު ޤައުމުތަކަށް އިންޑިއާ ބަންދު ކުރީ މިދިޔަ އަހަރުގެ މާރިޗް މަހުން ފެށިގެންނެވެ.

ރާއްޖެއިން އިންޑިއާއަށް ވިސާ އަކާނުލައި ދަތުރު ކުރެވޭނެ ގޮތަށް 2018ވަނަ އަހަރު ހަދާފައިވާ އެއްބަސްވުން އަލުން ދަމަހައްޓަން އެ ޤައުމުން ނިންމުމާ ގުޅިގެން، ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ އުފާފާޅުކުރައްވައިފައެވެ.

ރާއްޖެއިން އިންޑިއާ އަށް ވިސާއަކާއި ނުލައި ދަތުރު ކުރެވޭނެ ގޮތަށް އެގްރިމެންޓް ކުރެވުނީ 2018 ވަނަ އަހަރުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް