ads
ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން
އަޝްފާގުގެ ގޯލާއެކު ރާއްޖެ މޮޅުވެއްޖެ
އަލީއަޝްފާގު (ދަގަނޑޭ) ގެ ހަމައެކަނި ލަނޑާއެކު އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ސްރީ ލަންކާ އަތުން 1-0 އިން މޮޅުވެ ރާއްޖެ ލީގު ބުރުގައި ކުރިއަށް ޖެހިލައިފި އެވެ.

ފުރަތަމަ މެޗުން ނޭޕާލް އަތުން 1-0 އިން ބަލިވި ނަމަވެސް ރާއްޖެ މި ވަނީ ދެން ކުޅުނު ދެ މެޗުން މޮޅުވެފައެވެ. ރާއްޖެ މޮޅުވެފައިވަނީ ބަންގްލަދޭޝް އާއި ލަންކާ އަތުންނެވެ. ފަސް ގައުމު ވާދަކުރާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ކުރިއަށްދަނީ ލީގު ބުރެކެވެ. ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެކެވެ. ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ބުދަ ދުވަހުގެރޭ އިންޑިއާއާ ދެކޮޅަށެވެ.

ރާއްޖެ ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުންނެވެ. އެއް ވަނައިގައި އޮތް ނޭޕާލަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން މިރޭ އިންޑިއާއާ ކުޅޭނެ އެވެ. މޮޅުވެއްޖެނަމަ ނޭޕާލަށް ފައިނަލުގެ ޖާގައެއް ޔަގީންވާނެ އެވެ.

ތިން ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު ބަންގްލަދޭޝް އެވެ. ހަތަރެއްގައި ދެ މެޗުން ދެ ޕޮއިންޓާ އެކު އޮތީ އިންޑިއާ އެެވެ. ލަންކާ އަށް މިއަދުގެ މެޗުން މުބާރާތް ނިމުނުއިރު، އެ ޓީމަށް ލިބުނީ ހަތަރު މެޗުން އެއް ޕޮއިންޓެވެ.

މެޗުފެށިގެން މާގިނަ އިރެއް ނުވެ ރާއްޖޭން ވަނީ ފުރަތަމަ އެޓޭކްގައި ގޯލެއް ޖަހައިފަ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ހަ ވަނަ މިނިޓްގައި އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި ހައިޝަމް ހަސަން އަށް ދިން ބޯޅަ އޭނާ ވަނީ އޭރިއާތެރޭގައި ހުސްކޮށް ހުރި އަލީ އަޝްފާގު (ދަގަނޑޭ) އަށް ހުރަސްކޮށްލައިފަ އެވެ. ދަަގަނޑޭ ފުއްމައިގެން އަރައި ބޮލުން ޖެހި ބޯޅަ ލަންކާ ކީޕަރު ސުޖަން ޕެރޭރާ އަތްމަތިން ވަނީ ގޯލުގެ ކަނަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް