ads
އާރިޔާން——
ޖަލުގައި ހުންނައިރު ބޭނުންކުރަން ގެނެސްދޭން އާރިޔާން އެދުނީ ސައިންސް ފޮތެއް
އެންސީބީގެ ބެލުމުގެ ދަށަށް އާރްޔަން މިމަހުގެ ދެވަނަ ދުވަހު ގެނެވިފައިވަނީ މުމްބައީ ބޭރުގައި އޮތް ކްރުޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށެވެ. އާރިޔަން އާއެކު އަށް މީހަކު ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފަ އެވެ.

އެންސީބީން އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ނިޔަލަށް އެމީހުން ބަންދުގައި ބޭތިއްބުމުގެ މުއްދަތު އިތުރުކޮށްފަ އެވެ.

އޭގެ ފަހުން ބަންދާއިމެދު ގޮތް ނިންމަން ބޭއްވި އަޑުއެހުމުގައި ކޯޓުން ނިންމާފައިވަނީ އާރިޔާންގެ ބަންދުގެ މުއްދަތު އިތުރުކުރާށެވެ.

ބޭރުގެ ހަބަރުތައް ބުނާ ގޮތުން މިވަގުތު ކަސްޓޯޑިއަލް ޖަލެއްގައި ހުރި އާރިޔާން އަށް ގޭއިން ކައްކައިގެން ގެންނަ ކާއެއްޗެހިވެސް އޮތީ މަނާކޮށްފައެވެ.

އާރިޔާންގެ މަންމަ ގޯރީ އޭނާއަށް މެކްޑޮނަލާޑްގެ ބާގަ ގެނެސްދޭން ބޭނުންވި ނަމަވެސް ހަބަރުތައް ބުނާ ގޮތުން އެންސީބީން ވަނީ އެތަކެތިވެސް ނުގެނެވޭނެ ކަމަށް އަންގާފައެވެ. އެހެންކަމުން އާރިޔާން ކަނީ ކަސްޓޯޑިއަލް ޖަލުގެ މެސް އިން އެމީހުން ފޯރުކޮށްދޭ ކާނާ ކަަމަށްވެއެވެ.

އެންސީބީގެ ތަހުގީގަށް އާރިޔާންގެ ފޯނުވެސް އަތުލާފައިވާއިރު ހަބަރުތައް ބުނާ ގޮތުން އެންސީބީން ގެންނަން ހުއްދަދީފައިވަނީ އޭނާގެ އެދުނު އެއްޗެހީގެ ތެރެއިން އެންމެ އެެއްޗެކެވެ.

އެއީ ސައިންސް ފޮތެކެވެ. ހަބަރުތައް ބުނާ ގޮތުން އޭނާ ސައިންސް ފޮތެއް ބޭނުންވީ ޖަލުގައި ހުންނަ ދުވަސްކޮޅު ވަގުތު ކުރުކުރުމަށް ފޮތް ކިޔެވުމަށެވެ. 

އާރިޔާންވަނީ ހަތަރު އަހަރު ވަންދެން މަސްތުވާ ތަކެތި ބޭނުން ކުރި ކަމަށާއި، ކިޔަވަން އެމެރިކާ އާއި، ދުބާއީ އަދި އިންޑިޔާގެ އިތުރުން އެހެން ގައުމުތަކުގައި އުޅުނުއިިރުވެސް މަސްތުވާ ތަކެތި ބޭނުން ކޮށްފައިވާ ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ. 

އާރިޔަން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސް އެކްޓްގެ 27 ވަނަ ސެކްޝަންގެ ދަށުންނެވެ. އާރިޔަން އަށް ކުރެވޭ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 10 އަހަރުގެ ހުކުމެއް އައުން އެކަށީގެންވެއެވެ. 

41%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
32%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް