ކެއުމެއް ބުއިމެއް، ނިދުމެއް ނެތި ޝާހުގެ ކަމަކީ މިހާރު ހިތާމަ ކުރުން
Share
މަޝްހޫރް ފިލްމީ ތަރި ޝާހުރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔާން ހާން އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މުމްބައީ ބޭރުގައި އޮތް ކްރުޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށް މިމަހުގެ ދެވަނަ ދުވަހުއެވެ.
Advertisement

އެންސީބީގެ ބެލުމުގެ ދަށުގައި ހުއްޓާ އާރިޔާން އާއި ބައްދަލުކުރުމަށް ޝާހު ދެފަހަރެއްގެ މަތިން މިހާރު ހުއްދަ ނަގާފައިވެއެވެ.

އެއީ އެންމެ ފުރަތަމަ ހައްޔަރުކުރި ދުވަހު ފޯނު ކޯލަކުންނާއި، ދެވަނަ ފަހަރު ބައްދަލުކޮށްގެންނެވެ.

ހަބަރުތައް ބުނާ ގޮތުން ދެތިން ވަރަކަށް މިނެޓަށް ފޯން ކޯލު ނެގުމަށްފަހު ފަހުން ޝާހު ވަނީ އާރިޔާން އާއި ބައްދަލުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ބައްޕަ ފެނުމާ އެކު އާރިޔާން  ވަނީ ރޯންފަށާފައެވެ. އަދި އެ ބައްދަލުވުމުގައި ހުއްޓާނުލާ އާރިޔާން ރޮއިފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އޭގެ ފަހުން އާރިޔާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމަށް ފަހު އާރިޔާން ގެއަށް ދޫކޮށްލާނެ ކަމަށް އުންމީދުކުރެވުނު ނަމަވެސް ކޯޓުން ނިންމީ އިތުރު 14 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުކުރުމަށެވެ.

ހަބަރުތައް ބުނާ ގޮތުން އެދުވަހު އާރިޔާން ގެއަށް ދޫކޮށްލާނެ ކަމަަށް ނިންމާ ޝާހު ހުރީ އޭނާގެ ޝޫޓިންތައް ވެސް ފެށުމަށް ތައްޔާރަށެވެ. ނަމަވެސް ކޯޓުގެ ނިންމުމާ އެކު އެކަމުގައި ކުރެވޭނެ ކަމެއްނެތި ޝާހް ވަނީ ހިތާމައިގެ ތެރެއަށް ގެނބިފައެވެ.

އާއިލާ އާ ހަވާލާދީ ބޮލީވުޑް ހަބަރުތައް ބުނާ ގޮތުން  ޝާހް މިހާރު ކަނީ ވެސް ވަރަށް ކުޑަކޮށެވެ. ވާހަކަ ދައްކައެއް ނޫޅެއެވެ. އަދި ނުނިދާ އަބަދު ހިތާމަ ކުރާކަމަށް ވެސް ބުނެފައިވެެއެވެ. 

އާރިޔާންވަނީ ހަތަރު އަހަރު ވަންދެން މަސްތުވާ ތަކެތި ބޭނުން ކުރި ކަމަށާއި، ކިޔަވަން އެމެރިކާ އާއި، ދުބާއީ އަދި އިންޑިޔާގެ އިތުރުން އެހެން ގައުމުތަކުގައި އުޅުނުއިިރުވެސް މަސްތުވާތަކެތި ބޭނުން ކޮށްފައިވާ ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ. 

އާރިޔަން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސް އެކްޓްގެ 27 ވަނަ ސެކްޝަންގެ ދަށުންނެވެ. އާރިޔަން އަށް ކުރެވޭ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 10 އަހަރުގެ ހުކުމެއް އައުން އެކަށީގެންވެއެވެ. 

44%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް