ads
ޖާބިރު ރައީސް ނަޝީދުއާއެކު
ކުޑަފަރީ ހެލްތު ސެންޓަރުގެ އެޑްމިނިސްޓްރޭޓާ ވަޒީފާއިން ވަކިކޮށްފި
ނ އަތޮޅު ކުޑަފަރީ ހެލްތް ސެންޓަރުގެ އެޑްމިނިސްޓްރޭޓާރ މަގާމުގައި ހުރި ޖާބިރު ހަސަން ވަޒީފާއިން ވަކިކޮށްފި އެވެ. ޖާބިރު ވަޒީފާއިން ކޮށްފައިވަނީ އިއްޔެ ރައީސް އޮފީހުން ފޮނުވި ސިޓީއެއްގައެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ ޖާބިރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅ އިން ރައީސުލްޖުމްހުރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމުން ޖާބިރު ވަކި ކުރައްވާފައިވާ ކަމުގައެވެ.

ސިއްހީ މަރުކަޒު ތަކުގެ އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރެވެނީ ސިޔާސީ ގޮތުން ރައީސް އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

މި މައްސަލައާއި ގުޅިގެން ސީއެންއެމްއިން ޖާބިރަށް ގުޅާލުމުން ވިދާޅުވީ ވަޒީފާއިން ވަކިކުރައްވަންޖެހޭ ކަމެއް އޭނާ ނުކުރައްވާ ކަމަށާއި އަދި އެފަދަ އެއްވެސް އުޒުރެއްވެސް ދައްކާފައި ނުވާކަމަށެވެ.

" އަޅުގަނޑަށް ގުޅާފަ ބުނީ މެއިލް ޗެކް ކޮށްލައްވާށޭ، ސިޓީ ލިބިފައި އިންތޯ ބަލަން. އަޅުގަނޑު ބެލި އިރު ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން އޮތީ ލިބިފައި. އޭގައި އެއްވެސް ސަބަބެއްވެސް އަދި އުޒުރެއްވެސް ނެތް." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ ވަޒީފާއިން ވަކި ކޮށްފައިވަނީ ދާއިރާގެ އެމްޕީގެ ނުފޫޒުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. " އަޅުގަނޑަކީ އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީއަށް ތާއީދު ކުރާމީހެއް. އަޅުގަނޑު ޕާޓީ ބަދަލެއް ނުކުރަން. ސިއްހީ މަރުކަޒުގެ ހިދުމަތް ބަރާބަރަށް ދެވޭ. އެހެންވީމާ އަޅުގަނޑު ވަޒީފާއިން ވަކި ކުރަންޖެހޭ އެއްވެސް ސަބަބެއް ނޭގުނު"

" އަޅުގަނޑު ވަޒީފާއިން ވަކި ނުކުރުމަށް ދާއިރާގެ އިންތިހާބީ ރައީސް ވަރަށް އެދުނު. އެހެންނަމަވެސް އެމްޕީ ބޭނުންފުޅުވީމަ މިހިރީ ވަޒީފާއިން ވަކިކޮށްފައި" ޖާބިރު ވިދާޅުވިއެވެ.

މިއީ އިންސާފުން ކުރިކަމެއްކަމަށް ގަބޫލު ނުކުރާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކުޑަފަރީ ހިމެނޭ، ކެނދިކުޅުދޫ ދާއިރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކީ އަހުމަދު އީސާއެވެ.

59%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް