ads
އިނާމު ލިބުނު ނޫސް ވެރިއެއް
ނޫސްވެރިކަމުގެ އިނާމު: ކޮންމެ ނޫސްވެރިއަކަށް ދެ އެވޯޑު ލިބުނު ތިން ނޫސްވެރިން
މޯލްޑިވްސް މީޑިޔާ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމުގެ ދިނުމުގެ ހަފްލާގައި ކޮންމެ ނޫސްވެރިއަކަށް ދެ އެވޯޑް ލިބުނު ތިން ނޫސްވެރިއަކު ހިމެނިއްޖެއެވެ.

މިގޮތަށް އިނާމް ލިބުނު ނޫސްތަކަކީ ސަންގު ޓީވީއާއި، ރާއްޖެ ޓީވީގެ އިތުރުން ވަގުތު ނޫހެވެ. 

ސަންގު ޓީވީގެ މާހަތު ހުސެއިން ވަނީ ފީޗާ ނޫސްވެރިކަމުގެ އެވޯޑާއި ސިޔާސީ ދާއިރާ ކަވަރު ކުރާ ނޫސްވެރިންނަށް ދޭ އެވޯޑު ހޯދައިފަ އެވެ.

ކޮވިޑާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ނުބޭއްވިދިޔަ މިރޭގެ އެވޯޑު ދިނީ ބްރޯޑްކާސްޓް މީޑިޔާ އަދި އޮންލައިން ނޫސްތަކުގެ ކެޓެގަރީ އެއްކޮށްލައިގެންނެވެ.

އެހެން އަހަރުތަކުގެ މި އެވޯޑް ދެނީ ބްރޯޑްކާސްޓް ވަކިން އަދި އޮންލައިން ނޫސްތައް ވަކިކޮށްގެނެވެ. މިފަހަރު ދެ ބައި އެއްކޮށްލައިގެން މީޑިޔާ ކައުންސިލުން ހުޅުވާލީ 12 ކެޓެގަރީގެ ތެރެއިން 9 ކެޓަގަރީއަކުން ނޫސްވެރިންނަށް އެވޯޑުތައް ދިނެވެ.

މީޑިއާ ކައުންސިލު އެވޯޑް 2020 ކާމިޔާބުކުރި ނޫސްވެރިން

  • ފީޗާ ދާއިރާ: މާހަތު ހުސެއިން ރަޝީދު (ސަންގު ޓީވީ)
  • ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ: މުހައްމަދު އަޒުހީމް އަޒީޒު (ވަގުތު)
  • އިޖުތިމާއީ ދާއިރާ: އަމްނާ އިމާދު (ރާއްޖެ ޓީވީ)
  • ސިޔާސީ ދާއިރާ: މާހަތު ހުސެއިން ރަޝީދު (ސަންގު ޓީވީ)
  • ޝަރުއީ ދާއިރާ: ލައިޝާ އަހުމަދު (ރާއްޖެ ޓީވީ)
  • ވިޔަފާރި ދާއިރާ: ފާތުމަތު ޝަނާ މުހައްމަދު (މިހާރު)
  • ކުޅިވަރު ދާއިރާ: މުހައްމަދު ހަމްދޫން (މިހާރު)
  • ފޮޓޯ ޖާނަލިޒަމް: ޝާބިލް (ވަގުތު)
  • ވީޑިއޯ ޖާނަލިޒަމް: ހައްވާ މިންހާ (ސަންގު ޓީވީ)

މީޑިޔާ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި، މިރޭގެ އެވޯޑަށް 56 ނޫސްވެރިޔެއްގެ ފަރާތުން 80 އަށް ވުރެ ގިނަ ހުށަހެޅުން ލިބުނު ކަމަށެވެ. އެކަމަކު ޖުމްލަ 12 ކެޓެގަރީގެ ތެރެއިން ދެ ކެޓެގަރީއަކަށް އެއްވެސް ހުށަހެޅުމެއް ލިބިފައެއް ނުވެ އެވެ. އަދި އެންމެ އުއްމީދީ ނޫސްވެރިޔާ އެވޯޑް ނުދިނީ ބޭނުންވާ ވަރަށް ހުށަހެޅުންތައް ނުލިބިގެންނެވެ.

އެވޯޑް ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މީޑިޔާ ކައުންސިލުގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ މި އަހަރު ރެކޯޑް އަދަދަކަށް ނޫސްވެރިންގެ ހުށަހެޅުންތައް ލިބުމަކީ މި އެވޯޑުގެ އިންސާފުވެރިކަން ނޫސްވެރިން ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި އެވޯޑް ދިނުމުގެ އުސޫލާއި މިންގަނޑަށް މިއަހަރު ގެނެސްފައި ވަނީ ހެޔޮ ބަދަލެއް ކަމަށް ޝަހުބާން ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް