ads
އިންޑިޔާ މެޗުގެ ޓިކެޓް ހޯދަން ޒުވާނުންގެ މަރުކަޒު ބޭރުގައި ކިޔު ހަދާފައި
އިންޑިޔާ މެޗުގެ ޓިކެޓް ހޯދަން ދަންވަރު ކިޔޫ ހަދައިފި
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާ އިންޑިޔާ މާދަމާރޭ ކުޅޭ މެޗުގެ ޓިކެޓް ހޯދުމަށް ހޯމަ ދުވަހުގެ ރޭ ދަންވަރު ދިވެހިން ކިއު ހަދައިފިއެވެ.

ރާއްޖެއާ އިންޑިޔާ މެޗުގެ ޓިކެޓް ވިއްކަން ފަށާނީ މިއަދު ދިހައެއް ޖަހާއިރު އެވެ. ދިވެހިންނަށް ޓިކެޓް ވިއްކާނީ ސޯޝަލް ސެންޓަރުންނެވެ. އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވެފައިވަނީ ދިވެހިންނަށް ތިން ހާސް ޓިކެޓް ވިއްކާނެ ކަމަށެވެ. ދަނޑުގެ ޖުމްލަ އަދަދަކީ ފަސް ހާސް މީހުންނެވެ.

ބުދަ ދުވަހުގެ ރޭ ރާއްޖެއާ އިންޑިޔާ ކުޅޭ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާނެއެވެ. މެޗު އެއްވަރު ވެއްޖެނަމަ ފައިނަލަށް ދާނީ ރާއްޖެއެވެ. އިންޑިޔާ ކަޓާނެއެވެ. އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރީ ފައިނަލުގައި އިންޑިޔާ ބަލިކޮށްގެނެވެ. ފައިނަލުގެ ފުރަތަމަ ޖާގައަށް ވާދަކުރަނީ ނޭޕާލާ ބަންގްލަދޭޝްއެވެ. މި ދެ ޓީމު ބުދަ ދުވަހު ހަވީރު ކުޅޭ މެޗުން މޮޅުވާ ޓީމެއް ފައިނަލަށްދާނެއެވެ. މެޗު އެއްވަރު ވެއްޖެނަމަ ފައިނަލަށް ދާނީ ނޭޕާލެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް