އަންތިމް ގެ މަންޒަރު ތަކެއް…
ސަލްމާންގެ”އަންތިމް”ގެ މޯޝަން ޕޯސްޓަރު އާންމުކޮށްފި
Share
ކުޅަދާނަ އެކްޓަރު ސަލްމާން ހާނާއި ޅިޔަނު އަޔޫޝް ޝަރުމާގެ "އަންތިމް: ދަ ފައިނަލް ޓްރުތު" ގެ މޯޝަން ޕޯސްޓަރު ބެލުންތެރިންނަށް ދައްކާލައިފިއެވެ.
Advertisement

އެ ފިލްމުގެ ރަސްމީ ޕޯސްޓަރެއް މީގެ ކުރިން ވެސް އާންމުކޮށްފައިވާއިރު މިފަހަރު ދައްކާލި ޕޯސްޓަރުން އެ ފިލްމު ބަލަން އިތުރަށް ޝައުގުވެރި ކުރުވައެވެ. 

ސަލްމާން ހާންގެ އިންސްޓަގްރާމްގައި “އަންތިމް”ގެ މޯޝަން ޕޯސްޓަރު މިހާރު އާންމުކޮށްފައިވާއިރު އެ ފިލްމަކީ ގޭންގްސްޓާރަކާއި ފުލުހެއްގެ މެދުގައި ހިނގާ ކުރިމަތިލުންތަކެއް ދައްކާ ފިލްމެކެވެ. ފުލުސް މީހާގެ ރޯލު އަދާ ކުރަނީ ސަލްމާނެވެ. އަޔޫޝް ކުޅެނީ ގޭންގްސްޓާރެއްގެ ރޯލެވެ.

ސަލްމާންގެ މަންމަ ސަލްމާ ޕްރޮޑިއުސްކުރާ އެ ފިލްމު ޑައިރެކްޓް ކުރަނީ މަހޭޝް މަންޖްރެކަރް އެވެ. 

ސަލްމާން ހާންގެ ފިލްމު ކުންފުނީގެ ކުޑައިގެ ދަށުން ހަދާ އެ ފިލްމަކީ އަޔޫޝް ވެސް ސަލްމާނާއެކު މަސައްކަތްކުރާ ފުރަތަމަ ފިލްމު ކަން ފާހަގަކޮށްލެވެއެވެ.

“އަންތިމް”ސިނަމާ ތަކަށް އަންނާނީ އަންނަ މަހުގެ 26ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް