ads
ކްރޮސްރޯޑް މޯލްޑިވްސް
ދައުލަތުގެ ބޭނުމަށް ނަގާ މުދަލާއި ބިންތަކަށް ބަދަލު ދޭން ނިންމައިފި
ދައުލަތުގެ ބޭނުމަށް ނަގާ ބިންތަކާއި މުދަލަށް ބަދަލުދޭނެ އުސޫލެއް ލޯކަލް ގަވަމަންޓް އޮތޯރިޓީ ( އެލްޖީއޭ ) ކަނޑައަޅައި އާންމުކޮށްފިއެވެ.

އެލްޖީއޭ އިން އިއްޔެ ގެޒެޓު ކޮށްފައިވާ " ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ބަދަލު ނަގައި ދިނުމުގެ އުސޫލު " ގައި ބުނެފައިވާ ގޮތުން މައި ދައުލަތުގެ ބޭނުމަށް ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް ތަކުގެ އިހްތިސާސް ތެރޭގައި ހިމެނޭ ބިމެއް ނޫނީ މުދަލެއް ނަގާ ނަމަ އެ އާ އެކަށީގެންވާ ބަދަލެއް ސަރުކާރުން އެކައުންސިލަކަށް ދޭން ވާނެކަމުގައެވެ. 

އަދި ބަދަލުތައް ކަނޑައެޅުމުގައި ސަރުކާރުގެ މައި އިދާރާ އާ ކައުންސިލުން އެއްބަސްވާ މިނިވަން އޮޑިރަކު މެދުވެރިކޮށް މުދާ އަގު ކުރަން ވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި އޮޑިޓް ކުރުމަށް ފަހު ބަޔާން ކުރާ ތިން ގޮތުގެ ތެރެއިން ކޮންމެވެސް އެއްގޮތަކަށް އަގު ކަނޑައެޅެންވާނެއެވެ. ދައުލަތާއި ކައުންސިލާ ދެމެދު އެއްބަސްވުމަކަށް ނާދެވިއްޖެ ހާލަތެއްގައި އެ މައްސަލައިގައި މަޝްވަރާކޮށްގެން ގޮތެއް ނިންމާނި ފިނޭސް މިނިސްޓްރީން ކަމުގައި އުސޫލުގައި ބުނެފައިވެއެވެ. 

އެންމެ ފަހު މަރުހަލާގައި ގޮތް ނިންމާނީ ޝަރުއީ ކޯޓުތައް މެދުވެރިކޮށް ކަމުގައި ބަޔާންކޮށްފައި ވަނީ އެއްވެސް ހާލަތެއްގައި ދެފަރާތް އެއްބަސް ނުވެވޭނަމައެވެ. 

ރަށު ކައުންސިލްތަކުން މިހާރު ވެސް ދައުލަތުގެ ބޭނުންމަށް ނަގާ ބިންތަކުގައި ހުންނަ މީހުންގެ ރުއްގަހާއި މުދަލަށް ބަދަލު ދެމުން ގެންދެއެވެ. ނަމަވެސް މިފަހަރު އުސޫލުގައި ވާގޮތުން ކައުންސިލަށް ބަދަލުދޭނެ ގޮތް ވަރަށް ތަފްސީލީ ގޮތެއްގައި ހާމަ ކޮށްފައިވެއެވެ.

ދައުލަތުގެ ބޭނުމަށް ނަގާ ބިންތަކާއި މުދަލަށް ބަދަލުދޭނެ އުސޫލެއް އެލްޖީއޭ އިން ކަނޑައަޅައި އާންމުކުރި އިރު ހއ. ފިއްލަދޫ އިހުތިސާސް ތެރޭގައި ހިމެނުމަށް ފަހު އެ ރަށުގެ އިހުްތިސާސްއިން ދައްޕަރު ވަކި ކުރި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެންމެ ފަހުން ރައީސް ސޯލިހު ވަނީ ދައްޕަރު ފިއްލަދޫގެ އިހުތިސާސް ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވާފަ އެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް