ads
ކޮވިޑް---
24 ގަޑިއިރު ތެެރޭ ކޮވިޑްގައި ތިންވަނަ މީހަކު މަރުވެއްޖެ
ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން ތިން މީހަކު ކޮވިޑް-19 ގައި މަރުވެއްޖެ އެވެ.

އެގޮތުން މަރުވި ތިން މީހުންގެ ތެރެއިން ދެމީހަކު މަރުވެފައި ވަނީ ގދ. ތިނަދޫއިންނެވެ. ތިނަދޫއިން މަރުވި މީހުންގެ ތެރެއިން ފުރަތަމަ މީހާ މަރުވެފައިވަނީ އަންގާރަ ދުވަހު ފަތިހު 5:21 ހާއިރު ތިނަދޫ ކޮވިޑް މެނޭޖުމެންޓް ފެސިލީޓގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

ތިނަދޫއިން މަރުވި ދެވަނަ މީހާ އަކީ 81 އަހަރުގެ ދިވެހި އަންހެނެކެވެ. އަންގާރަ ދުވަހުގެ ރޭ 9:20 ހާއިރު ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް އެމީހާ ވަނީ މަރުވެފައެވެ. 

ތިން ވަނަ އަށް މަރުވީ އައްޑޫ ސިޓީގެ ކޮވިޑް މެނޭޖުމެންޓް ފެސިލިޓީގައި ފަރުވާދެމުން އައި މީހެކެވެ. އެމީހާ މަރުވެފައިވަނީ ބުދަ ދުވަހު ދަންވަރު 1:31 ހާއިރު އެވެ. އެއީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

މިއީ ގިނަ ދުވަސްތަކަށް ފަހު މިހާ ގިނަ އަދަދެއްގެ މީހުން 24 ގަޑިއިރު ތެރޭ މަރުވި ފުރަތަމަ ދުވަހެވެ. 

ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 237 އަށް އަރާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް