ads
އދ.ވަކަރުފަޅި
ވަކަރުފަޅި ރިސޯޓު އަލުން ހުޅުވަނީ
އދ. ވަކަރުފަޅީގައި ހިންގަމުން ދިޔަ ވަކަރުފަޅި އައިލެންޑް ރިސޯޓް، ދިވެހި ކުންފުންޏެއް ކަމަށްވާ ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް އިން ހަވާލުވެ، ޑިސެމްބަރުގައި އަލުން ހުޅުވަން ނިންމައިފިއެވެ.

އަތަމާ ޓްރެވަލް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ވަކަރުފުޅި ހިންގަމުން އައީ ލަންކާގެ މައުންޓް ލެވީނިއާ ހޮޓެލް ގުރޫޕުން ސަބްލީޒު ކޮށްގެންނެވެ. ނަމަވެސް އެ ކުންފުނިން ރަށް ދޫކޮށްލުމުން، ޕަލްސް ހޮޓެލްސް އިން އެ ރިސޯޓާ ހަވާލުވީ ސަބްލީޒް އެއްބަސްވުމެއްގެ ދަށުންނެވެ.

ނޯވާ މޯލްޑިވްސްގެ ނަމުގައި ވަކަރުފަޅި ރީބްރޭންޑް ކުރުމަށްފަހު އަލުން ހުޅުވާނީ އޯލް-އިންކްލޫސިވް ކޮމިއުނިޓީ ކޮންސެޕްޓަށެވެ. އެއީ ހުރިހާ ހަރަދެއް ޕެކޭޖުގެ ތެރޭގައި ހިމެނޭ ގޮތަށް ހިދުމަތް ދޭ ކޮންސެޕްޓެކެވެ.

ލަންކާގެ މައުންޓް ލެވީނިއާ ހޮޓެލް ގްރޫޕުން ސަބްލީޒްކޮށްގެން ހިންގަމުން އައި ވަކަރުފަޅި ރިސޯޓް ކޮވިޑަށް ބަންދުކުރުމަށް ފަހު އަލުން ހުޅުވާފައެއް ނުވެ އެވެ.

މައުންޓް ލެވީނިއާ ހޮޓެލް ގްރޫޕުން މިހާރު އެ ރިސޯޓް ދޫކޮށްލާފައި ވާއިރު، ދިވެހި ކުންފުންޏެއް ކަމަށްވާ ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް އިން މިހާރު ވަނީ ސަބްލީޒް އެއްބަސްވުމެއްގެ ދަށުން އެ ރިސޯޓާ ހަވާލުވެފަ އެވެ.

ނޯވާ މޯލްޑިވްސްގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ހިމެނޭހެން 76 ވިލާ ހުރެއެވެ. އޭގެ އިތުރުން ތިން ރެސްޓޯރެންޓާއި ދެ ބާ، ޑައިވިން އަދި ވޯޓާސްޕޯޓްސް ސެންޓަރަކާއި ޖިމަކާއި ސްޕާއެއް ހިމެނެއެވެ.

ރާއްޖޭގެ ޓޫރިޒަމް އިންވެސްޓްމަންޓް ކުންފުނި، ޑީޕް ބްލޫ ޕްރައިވެޓް ލިމިޓެޑުން ހިންގާ ޕަލްސް ހޮޓެލްސް އުފެއްދީ 2015 ވަނަ އަހަރެވެ. އެ ކުންފުނިން މިހާރުވެސް ރާއްޖޭގައި ދެ ރިސޯޓު ހިންގައެވެ. އެއީ ނޯޓިލަސް މޯލްޑިވްސް އާއި ކަނޑިންމަ މޯލްޑިވްސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް