ads
އައްމަޓީއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: ސަން
އައްމަޓީއަށް ކުރާ 42 ދައުވާއަށް ވެސް އިންކާރު ކޮށްފި
ހުޅުމާލޭގައި ފްލެޓް އަޅައިދޭން ބުނެ ގިނަ ބައެއްގެ އަތުން މަކަރާ ހީލަތުން ފައިސާ އަތުލި މައްސަލާގައި ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ)ގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ ތެރެއިން މިއަދުގެ އަޑުއެހުމުގައި ދައުލަތުން އިއްވި 20 ދައުވާއަށްވެސް އޭނާ އިންކާރުކޮށްފި އެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާއެއް ދައުލަތުން ކުރެއެވެ. އެއީ ހިޔާނާތްތެރިވުމުގެ ކުށުގެ 12 (ބާރަ) ދައުވާއަކާއި، ހިޔާނާތްތެރިވުމުގެ ކުށުގެ 25 ދައުވާއެއްގެ އިތުރުން ހިޔާނާތްތެރިވުމުގެ ކުށުގެ ފަސް ދައުވާއެކެވެ.

މި ހުރިހާ ދައުވާތައް ދައުލަތުން އިއްވާ ނިންމާލެވިފައި މިވަނީ ދެ އަޑުއެހުމަކުންނެވެ. އެކަމަށްޓަކައި ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި އިއްވާފައިވަނީ 20 ދައުވާއެކެވެ.

އެ ހުރިޙާ ދައުވާތަކަށްވެސް އޭނާ އެދުވަހު ވަނީ އިންކާރު ކޮށްފައެވެ. 

އޭގަފަހުން ބާކީ އޮތް އަޑުއެހުންތައް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާތައް އިއްވާ ނިންމާލުމުން އެ ހުރިހާ ދައުވާތަކަށްވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ. 

އޭނާގެ މައްޗަށް ދައުލަތުން ކުރާ މި 42 ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ދައުލަތުން ވަނީ ބުނެފައެވެ. 

އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ ހައްޔަރު ކުރި ކަމަށް އިންޓަޕޯލުން ފުލުހުންނަށް އެންގީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ.  

އައްމަޓީގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް ހެދުމަށް 200 އަށް ވުރެ ގިނަ މީހުންގެ އަތުން މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާތީއެވެ. 

އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ކުރަން ފޮނުވައި، އޭނާ ބަންދުގައި ބަހެއްޓީ ހެއްކަށް ނުފޫޒު ފޯރުވާނެކަމަށާއި، މުޖުތަމައަށް ނުރައްކާވާ ކަމަށް ބުނެއެވެ. ނަމަވެސް މާލެއިން ފުރައިގެން ނުދިއުމަށް ޝަރުތުކޮށް ކްރިމިނަލް ކޯޓުން ޖޫން މަހުގެ 17ވަނަ ދުވަހު ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ.

އެ އަމުރު ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން އަންމަޓީއަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށް ނިންމާ އޭނާ ހައްޔަރުކުރުމަށް ދައުލަތުގެ މައްޗަށް ހައިކޯޓުން އަމުރު ނެރުނެވެ.

އެ އަމުރުގެ ދަށުން ބަންދުގައި ހުރި އަންމަޓީގެ ބަންދު ރިވިއު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލާޒިމްކުރާތީ، ދައުލަތުން މިފަހުން ކުރިމިނަލް ކޯޓަށް ހުށަހެޅަމުން އިތުރު ޝަރުތަކެއް މަތިކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލުމަށް އައްމަޓީ އެދިފައިވެއެވެ. އެގޮތުން ކޯޓަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ކޮންމެ ދުވަހަކު ހާޒިރުވާން ޖެހޭ ގޮތަށް ޝަރުތުކޮށް ނުވަތަ ކަފާލާތުގެ ދަށުން މީހަކު ޖާމިނުވެގެން ދޫކޮށްދިނުމަށް ވެސް އޭނާ އެދިފައިވެއެވެ.

އޭގަފަހުން އޮތް ބަންދުގެ މުރާޖާ އަޑުއެހުމުގައި ވެސް އައްމަޓީވަނީ އޭނާގެ ދަރިން ޖާމިނުކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލުމަށް އެދިފައެވެ. ނަމަވެސް ކޯޓުން ނިންމީ އައްމަޓީއަކީ ވަލު ދޮރާއަށިންވެސް ފިލާފާނެ މީހަކަށްވާތީ އޭނާ ދޫ ނުކޮށްލެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް