އިންޑިޔާ މެޗުގައި ދަގަނޑޭ
ފުރަތަމަ ހާފު ނިމުނު އިރު 1-1
ރާއްޖޭގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދިނީ ދަގަނޑޭ
Share
ރާއްޖޭގެ ފުރަތަމަ ގޯލް އަޝްފާގު ކާމިޔާބުކޮށްދީފައިވަނިކޮށް 1-1 ލަނޑުން އެއްވަރުވެގެން ފުރަތަމަ ހާފު ނިމިއްޖެ އެވެ.
Advertisement

މި ގޯލާއިއެކު ލީޑުގައި އޮތް އިންޑިއާއި 1-1 އަކުން ރާއްޖެ އެއްވަރުވީއެވެ. އެއް ލަނޑުގެ ލީޑަކާއިއެކު އިންޑިއާ ކުރީގައި އުޅެނިކޮށް އަޝްފާގު މި ގޯލް ކާމިޔާބު ކުރީ ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުންނެވެ. 

މި ޕެނަލްޓީ ލިބުނީ ހަމްޒާ ބޯޅަ ހިފައިގެން ވަންނަން އުޅުމުގެ ތެރޭގައި އިންޑިއާގެ ޓީމުން ފައުލު ކުރުމުންނެވެ. 

ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗަކީ ދެ ގައުމަށް ވެސް މުހިންމު މެޗެކެވެ. މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތް އިރު، ރާއްޖެއަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ މި މެޗުން އެއްވަރުކޮށްގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތުމެެވެ. އިންޑިއާއަށް އެ ފުރުސަތު އޮތީ ހަމައެކަނި މޮޅަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް