ރިޗާ، ފަޒާލް——
ކައިވެނި ނުކުރަނީސް ވަރިވާން ކިޔާތީ ޑިލީޓުކޮށްލީ ޓްވިޓާ
Share
ބޮލީވުޑުގެ ފިލްމީ ތަރި ރިޗާ ޗައްދާ އާއި އޭނާގެ ބޯއީ ފްރެންޑް އެކްޓަރު އަލީ ފަޒާލު މިދިޔަ އަހަރުގެ އެޕްރީލް މަހުގެތެރޭގައި ކައިވެނި ކުރަން ނިންމި ނަމަވެސް ކޮވިޑާއި ގުޅިގެން އެ ނިންމުން ބަދަލުކުރީ އެވެ.
Advertisement

އެހެން ނަމަވެސް ވަރަށް އަވަހަށް މިދެމީހުން ކައިވެނި ކުރާނެކަން މިހާރު އޮތީ އިއުލާންކޮށްފައެވެ. މިވަގުތު މިދެމީހުން އުޅެނީ ކައިވެނި ނުކޮށް “ލިވިން ރިލޭޝަންޝިޕެއް” ގައެވެ.

ފަޒާލަކީ މުސްލިމެކެވެ. ރިޗާ އަކީ ހިންދޫ އެކެވެ. ނަމަވެސް ލިވިން ރިލޭޝަންޝިޕަކީ އިސްލާމް ދީނުގައި ވެސް ހުއްދަ ކަމަކަށް ނުވާއިރު ހިންދޫއިން ވެސް ގަބޫލުކުރަނީ އެއީ ހަޑި ގޯސް ކަމެއްގެ ގޮތުގައެވެ.

ކައިވެނިނުކޮށް ލިވިން ރިލޭޝަންޝިޕެއްގައި އުޅޭތީ ފާޑުކިޔުންތައް އަމާޒުވާ މިދެމީހުންގެ ރިލޭޝަންޝިޕަށް ޖޯކް ޖަހާ މީހުން އާއްމުކޮށް ކޮމެންޓުކޮށްފައި ހުރެއެވެ. 

އެގޮތަށް މީހަކު ކުރި ކޮމެންޓަކާއި ގުޅިގެން ރިޗާ ވަނީ އޭނާގެ ޓްވިޓާ އެކައުންޓު ޑިލީޓުކޮށްލާފައެވެ.

އެމީހާ ކުރި ކޮމެންޓުގަައި އަހާފައިވަނީ ދެމީހުން ވަރިވަނީ ކޮން ދުވަހަކުންތޯ އެވެ. އަދި އެ ގުޅުން މާކަ ގިނަ ދުވަހަކަށް ނޯންނާނެ ކަމަށާއި، އާމިރު ހާން ހެން އެންމެ ފަހުން ކައިވެނި ރޫޅޭނީ ކަމަށް ބުނެފައިވެއެވެ.

އެ ކޮމެންޓަށް ރިޕްލައިކޮށް ރިޗާ ބުނީ އޭނާ އާއި ދެމެދު ނުވިސްނާ އަމިއްލަ މީހާ ކައިވެނިކުރާނެ މީހަކު ހޯދުން މާ ރަނގަޅުވާނެ ކަމަށެވެ.

އަދި ކައިވެނި ކުރާނެ މީހަކު ނުލިބިގެން ތިއުޅެނީ މީހާ ހަޑިވީމަތޯ ނުވަތަ ފަގީރުވީމަތޯ ރިޗާ ސުވާލުކުރިއެވެ. 

ފާޑުކިޔުންތައް ބޮޑުވެ އޭގެފަހުން ރިޗާ ވަނީ ޓްވިޓާއަކީ ވަގުތު ބޭކާރު ކުރާ ޓޮކްސިކް ތަނެއް ކަމަށް ބުނެ ޓްވިޓާ އެކައުންޓު ޑިލީޓުކޮށްލަނީކަން އިއުލާންކޮށް އެކައުންޓު ޑިލީޓުކޮށްލާފައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް