ads
ގައުމީ ޓީމުގެ ކޯޗު ސުޒޭން
ބަލިވުމުގެ ޒިންމާ ނަގަން: ސުޒޭން
ސާފް ޗެމްޕިއަންޝިޕްގައި އިންޑިޔާ އަތުން ބަލިވެ މުބާރާތް ނިންމާލަން ޖެހުމުގެ ޒިންމާ ނަގާކަމަށް ދިވެހި ޓީމުގެ ކޯޗު އަލީ ސުޒޭންބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕުގައި އިންޑިޔާ އަތުން ބަލިވުމާއި އެކު މުބާރާތުގެ ފައިނަލުން ފުރުސަތު ނުލިބި ރާއްޖެއަށްވަނީ މުބާރާތް ނިމިފައެވެ. މުބާރާތުގެ ފައިނަލަށް ދިޔައީ އިންޑިޔާއާ ނޭޕާލެވެ. ލީގު ބުރުގެ ފަހު މެޗުގައި އިންޑިޔާ އަތުން ތިން ލަނޑު އެއް ލަނޑުން ބަލިވި މެޗަށް ފަހު ސުޒޭން ބުނީ، ރާއްޖެ ޓީމު ބަލިވި ބަލިވުމުގެ ޒިންމާ އޭނާ ނަގާ ކަމަށެވެ.

ނާކާމިޔާބީގެ ޒިންމާ 100 ޕަސެންޓް އަޅުގަނޑު ނަގަން. ފާހަގަކޮށްލަން ޖެހޭ ފައިސަލް ވެސް ދެ ގޯލުގައި ފެނުނީ އެންމެ ފައިސަލް އެއް ނޫން. ވާހަކަ އަކީ އެންމެ ޕީކުގައި ހުންނަ ފައިސަލް އަށް ވުރެ ތަންކޮޅެއް އެހެން ކަހަލަ ގޮތަކަށް. ވެދާނެ އެ ދިމާވި އިންޖަރީގެ ސަބަބުން އޭނަ އަށް ކޮންފިޑެންސްގެ މައްސަލަ ޖެހުނީ ކަމަށް

ސާފް ޗެމްޕިއަންޝިޕުގެ މި ފަހަރުގެ މުބާރާތް ރާއްޖެއަށް ނިމިފައިވާއިރު، ފައިނަލުގައި ކުޅޭނީ އިންޑިޔާ އަދި ނޭޕާލެވެ. އެ ދެ ޓީމަކީ މުބާރާތުގައި ރާއްޖޭގެ މައްޗަށް ކުރި ހޯދި ދެ ޓީމުވެސްމެވެ. ރާއްޖެ މޮޅުވީ ލަންކާ އަދި ބަންގްލަދޭޝް އަތުންނެވެ. ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި އިންޑިޔާ ފައިނަލަށް ދިޔައީ އަށް ޕޮއިންޓާ އެކުއެވެ. އެއީ ނޭޕާލާ ރާއްޖެ އަތުން މޮޅުވެ، ލަންކާއާ ބަންގްލަދޭޝްއާ އެއްވަރުކޮށްގެނެވެ. ނޭޕާލު ދިޔައީ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއީ ލަންކާއާ ރާއްޖެ އަތުން މޮޅުވެ، ބަންގްލަދޭޝްއާ އެއްވަރުކޮށްގެނެވެ. ނޭޕާލު ބަލިވީ އިންޑިޔާ އަތުންނެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް