ads
ކަނޑުގަދަ ދުވަހެއް--
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑުބަޔަކަށް ޔެލޯ އެލާޓް ނެރެފި
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް އޮފީސް)އިން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އިން އދ. އަތޮޅާ ހަމައަށެވެ.

އެ އެލާޓް ނެރުނީ މިއަދު މެންދުރު 14:30 އިން އިރުއޮއްސި 18:30އާ ހަމައަށެވެ.

މެޓް އޮފީހުން ލަފާ ކުރަނީ އެ ސަރަހައްދުގެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވެ، ވިލާގަނޑުގައި 25 މޭލަށް ވައި ގަދަވާނެކަމަށެވެ.

މީގެ އިތުރުން މާދަމާ އުތުރު އަދި މެދުރާއްޖޭގެ ރަށްތަަކަށް ވައިގަދަ ވުމުގެ އިތުރުން ދެކުނުގެ ރަށްތަކަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.

ހަމައެއާއެކު ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ގަދަ ވަޔާއެކު ވިއްސާރަ ވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން މެޓް އޮފީހުންވަނީ އެންމެންވެސް، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް