ads
ހަމްދޫން މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު ވަޅު——
ނިކުތީ ރޭގެ މެޗު ބަަލަން: ދެން ފެނުނީ ވަޅެއްގެ ތެރެއިން ފައިން ބައެއް!
އދ. ދަނގެތީގައި ،މަރާލުމަށްފަހު ގޯންޏަކަށްލާ ވަޅެއްގެ ތެރެއަށް އެއްލާލާަފައި އޮއްވާ ފެނިފައިވަނީ އުމުރުން 55 އަަހަރުގެ މަހުމޫދު އަބޫބަކުރު ކިޔާ މީހެކެވެ.

މަހުމޫދު ނުފެނިގެން ކައުންސިލަށް އަންގާފައިވަނީ މިއަދު ހެނދުނު 9:30 ހާއިރުއެވެ. އެވަގުތުން ފެށިގެން ރައްޔިތުންނާއެކު ކައުންސިލުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ އެވެ. 

އެ ރަށުން "ސީއެންއެމް" އާއި ވާހަކަ ދެއްކި މީހާކު ބުނީ މަހުމޫދު ހޯދުމަށް ރަށުގެ ރައްޔިތުން ގްރޫޕުތަކަށް ބަހާލައިގެން މަސައްކަތް ކުރަމުންދިޔަ ކަމަށެވެ. މި ހޯދުމުގެ ތެރެއިން މީހުން ދިރިނޫޅޭ ފަޅު ގެއެއް ބަލާ ފާސްކުރަން ފެށިއެވެ. އެ ގެ އެމީހުން ބެލީ އެ ގޭގެ އިންތިޒާމުތައް ހުރި ގޮތުން ޝައްކުވެގެންނެވެ.

ގަޑިން ގާތްގަނޑަކަށް 3:30 ހާއިރު އެމީހުންނަށް އެގޭގެ ގިފިލީތެރެ ހުރި ވަޅުތެރެއިން އެންމެ ފުރަތަމަ ފެނުނީ އިންސާނެއްގެ ފައެވެ. އެހާ ހިސާބުން ގޯންޏަަކަށްލާ އެކޮޅުކޮޅުން ވަޅަށް ވައްޓާލާފައި އޮތީ މަހްމޫދުގެ ހަށިގަނޑުކަން ރައްޔިތުންނަށް އެގުނެއެވެ.

"އޭނާ އޮތީ ގޯންޏަކަށް ލާފައި ވަޅުތެރެއަށް ވައްޓާލާފައި. ފެންނަނީ ފައިގެ އެއްބައި. ހޯދަމުންދިޔަ ބަޔަކަށް އެ ގޭގެ އިންތިޒާމުތައް ހުރި ގޮތުން ޝައްކުވެގެން ވަދެ ބެލީ. ބެލިއިރު އޮތީ ވަޅު ތެރޭގައި،" އޭނާ ބުންޏެ އެވެ.

ދަނގެތީ ކައުންސިލް މެންބަރު ނައީމާ އަހުމަދު "ސީއެންއެމް" އަށް ވިދާޅުވީ މަހުމޫދު އޮތީ ވަޅުތެރެއަށް އެކޮޅުކޮޅުން ވައްޓާލާފައި ކަމަށެވެ. މަހްމޫދު އެގޮތަށް ފެނުމުން ކައުންސިލުން އޭރު މަޑުކުރީ ފޮރެންސިކް ފުލުހުންގެ ޓީމެއް އެ ރަށަށް އާދެވެންދެނެއެވެ. 

އެއޮތްގޮަތަށް މަހްމޫދު ބާއްވާފައި އޮތީއެވެ. މިހާރު އެ ޓީމުން އެ ރަށަށް ގޮސް މަހްމޫދު ވަޅުން ނަގާފައި ވާއިރު، އަދި އޭނާ ގޯނިން ނަގާފައި ނުވާތީ ކައުންސިލަށްވެސް އަދި އެއްވެސް ރައްޔިތަކަށްވެސް އޭނާ އޮތް ހާލެއް ނުފެނެއެވެ.

މަހްމޫދުގެ އަންހެނުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން

މަހްމޫދު އަކީ ހަތަރު ކުދިންގެ ބައްޕައެކެވެ. އަންހެނުންނާ ހަވާލާދީ ކައުންސިލުން "ސީއެންއެމް"އަށް ބުނީ މަހުމޫދު އެންމެ ފަހުން ފެނިފައިވަނީ ރޭގައި ކަމަށެވެ. ރޭ ފުޓުބޯޅަ މެޗު ބެލުމަށް ގެއިން ނުކުތް ފަހުން ފެނިފައި ނުވާ ކަމަށް މަހުމޫދުގެ އަންހެނުން ބުނެއެވެ.

"ސީއެންއެމް"އިން އެދެނީ އާއިލާއަށް ކެތްތެރިކަން ދެއްވާ، މަހްމޫދުގެ ފުރާނައަށް ދާއިމީ ސުވަރުގެ މިންވަރުކޮށްދެއްވުމެވެ.  

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް