ads
ދަގެތީގައި މަރާލާފައި އެމީހާ އެއްލާލާފައި ވަނީ ގޯންޏަކަށްލާ ވަޅެއްގެ ތެރެއަށް
ފޮރިންސިކް ޓީމް ނުގޮސް 3 ގަޑިއިރު ވީއިރު މަހްމޫދުގެ ހަށިގަނޑު ގޯނިން އަދިވެސް ނުނެގޭ!
ފޮރިންސިކް ޓީމް ނުގޮސް 3 ގަޑިއިރު ވީއިރު މަހްމޫދުގެ ހަށިގަނޑު އަދިވެސް ގޯނިން ނުނެގި އޮތުމުން ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެކަމާއި ކަންބޮޑުވުން ފާޅުކޮށް އދ. ދަނގެތިން "ސީއެންއެމް" އާއި ވާހަކަ ދެއްކި މީހަކު ބުނީ ފޮރެންސިކް ޓީމް އަންނަން ކިޔާގެން އުޅޭތާ މިހާރު ތިން ގަޑިއިރު ވެފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެ ޓީމުން ނާންނަ ކަމަށެވެ. 

މަހްމޫދުގެ ހަށިގަނޑު ފެނުނީ 3:30 ހާއިރުއެވެ. އެއީ ކްރައިމް ސީންއެއް ކަމުން ވަޅުން ނުނަގާ މަހްމޫދު ބޭއްވީ މާލެއިން ފޮރެންސިކް ޓީމެއް އަންނަން ދެނެވެ. ނަމަވެސް ފޮރެންސިކް ޓީމު އަންނަން ލަސްވާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން މަހްމޫދު ވަޅުން ނެގީވެސް އަތޮޅު ފުލުހުން ގެނެސްގެންނެވެ. ވަޅުން ނެގުމަށްފަހު މަހްމޫދު މިހާރު އޮތީ ވަޅު ކައިރީ ބާއްވާފައި ކަމަށްވެއެވެ. 

ގޯނިން ނެގުމަށް މަޑުކުރަމުންދަނީ މާލެއިން އަންނަ ފޮރެންސިކް ޓީމު އައުމުންނެވެ.

ސީއެންއެމްއާއި ވާހަކަ ދެެއްކި މީހާ ބުނީ އެންމެ ފަހުން އެޓީމް މާލެއިން ފުރާފިކަމަަށް 05:30 ހާއިރުވެސް ބުނިކަަމަށާއި ނަމަވެސް އެފަހުން ދެ ގަޑިއިރު ވީއިިރުވެސް އަދިވެސް އެޓީމުން ރަށަށް ނާންނަ ކަމަށެވެ.

ފޮރެންސިކް ޓީމެއް ނައިސްގެން ތިން ގަޑިއިރުވަންދެން މަހްމޫދު ބާއްވަން ޖެހޭތީ އެސަރަަހައްދަށް އެއްވެފައިވާ މީހުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

މިކަމާއި ގުޅިގެން ފުލުހުން ބުނީ އޭނާ މަރުވެފައިވާކަން ހެލްތު ސެންޓަރުން ކަށަވަރުކޮށްފައިވާ ކަމަަށާއި، ފޮރެންސިކް ޓީމެއް މިހާރު ދަނީ އެ ރަށަށް ދަތުރުކުރަމުން ކަމަށެވެ. 

މަހްމޫދު އަކީ ހަތަރު ކުދިންގެ ބައްޕައެކެވެ. މިހާދިސާގެ ސަބަބުން މަހުމޫދުގެ އަންހެނުންނަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.  

އަންހެނުންނާ ހަވާލާދީ ކައުންސިލުން "ސީއެންއެމް"އަށް ބުނީ މަހުމޫދު އެންމެ ފަހުން ފެނިފައިވަނީ ރޭގައި ކަމަށެވެ. ރޭ ފުޓުބޯޅަ މެޗު ބެލުމަށް ގެއިން ނުކުތް ފަހުން ފެނިފައި ނުވާ ކަމަށް މަހުމޫދުގެ އަންހެނުން ބުނެއެވެ.

އދ. ދަނގެތީގައި މަރާލުމަށްފަހު ގޯންޏަކަށްލާ ވަޅެއްގެ ތެރެއަށް އެއްލާލާަފައި އޮއްވާ ފެނިފައިވަނީ އުމުރުން 55 އަަހަރުގެ މަހުމޫދު އަބޫބަކުރު އެވެ. 

ކައުންސިލުން ބުނީ މަހުމޫދު ނުފެނިގެން ކައުންސިލަށް އަންގާފައިވަނީ މިއަދު ހެނދުނު 9:30 ހާއިރު ކަމަށާއި އެވަގުތުން ފެށިގެން ރައްޔިތުންނާއެކު ކައުންސިލުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ކަމަށް ކައުންސިލުން ބުންޏެވެ. އޭނާ ފެނިފައިވަނީ ރައްޔިތުން ނުކުމެ ހޯދަމުންދަނިކޮށް މިއަދު 3:30 ހާއިރު ފަޅުގެއެއްގެ ފެންވަޅުތެރެއިންނެވެ.

އެ ރަށުން ވާހަކަ ދެއްކި މީހާކު ސީއެންއެމްއަށް ބުނީ މަހުމޫދު ވަޅުތެރޭގައި އޮއްވާ ފެނުނީ އޭނާ ހޯދުމަށް ގްރޫޕުތަކަށް ބަހާލައިގެން މަސައްކަތް ކުރަމުންދަނިކޮށް މީހުން އުޅޭ ސަރަހައްދުގައި ހުރި ފަޅު ގެއެއްގެ ގިފިލީގައި ހުރި ވަޅެއްގެ ތެރެއިން ކަމަށެވެ.

10%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް