ads
ހޮސްޕިޓަލެއްގެ އޯޕީޑީގައި ބަޔަކު މަޑުކޮށްލައިގެން
އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވާތީ، ސަމާލުވާން އަންގައިފި
މާލޭ ސަރަހައްދުގައި އަރިދަފުސް ރޯގާ ފެތުރުން އާދަޔާ ހިލާފަށް އިތުރުވާތީ އެކަމަށް ސަމާލުވުމަށް، އެޗްޕީއޭއިން އަންގައިފި އެވެ.

މި މަސްތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 11008 ކޭސް މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، ފާއިތުވި ސެޕްޓެމްބަރ މަހާއި އަޅާ ބަލާއިރު، އިންފްލުއެންޒާއަށް ޕޮޒިޓިވް ވާ އަދަދުވެސް ގިނަވެފައިވާ ކަމަށް، މިކަމާއި ގުޅޭގޮތުން، އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. 

"އޮކްޓޯބަރ މަސްތެރޭގައި އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނު 432 ސާމްޕަލްގެ ތެރެއިން 192 ސާމްޕަލް އިންފްލެއެންޒާއަށް ޕޮސިޓިވްވެފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް ޓެސްޓު ކުރެވުނު 1198 ސާމްޕަލްގެ ތެރެއިން 365 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ." އެޗްޕީއޭގެ ބަޔާނުގައި ވެއެވެ. 

އިތުރަށް އެ ބަޔާނުގައި ވަނީ، ކޮވިޑް 19 އެކޭ އެއްފަދައިން އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާއަކީވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެއް ކަމުން، ކޮވިޑް 19 ން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުން މުޙިއްމުކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން، އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައްވެސް ވަނީ ފާހަގަ ކުރައްވާފައެވެ. 

އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް: 

  • 5 އަހަރުން ދަށުގެ ކުދިންނާއި، 65 އަހަރުން މަތީގެ މީހުންނަށާއި، ދިގު މުއްދަތަށް ފަރުވާދޭންޖެހޭފަދަ ބައްޔެއް ޖެހިފައިވާ މީހުްނނާއި މާބަނޑު މީހުން، ދިފާޢީ ނުޒާމު ބަލިކަށިކަމުން، އަރިދަފުސް ރޯގާ. ހުން އަދި ކެއްސުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ، ލސްނުކުރައްވާ ސިއްހީ ފަރުވާ ހޯދުން
  • އަރިދަފުސް ރޯގާ. ހުން އަދި ކެއްސުން ފަދަ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލްގެ އާއްމު އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކަށް ދިއުން
  • އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަށް ކޮވިޑަށް ޓެސްޓް ކުރުން
  • ބަލި ޖެހުން ނުރައްކާވުމުގެ ފުރުޞަތު ބޮޑު މީހުން އިންފްލުއެންޒާ ވެކްސިން ޖެހުން އަދި ކޮވިޑް 19 ގެ ވެކްސިން ނުޖަހާނަމަ، ކޮވިޑް 19 ވެކްސިން ޖެހުން
  • ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު، ބަލިމީހާ އާއި އެކު ވީހާވެސް މަދުމީހުން ދިއުން، އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުްނނާއި މާބަނޑު މީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދޭންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް