ފޮޓޯ: ކޮވިޑް
ކޮވިޑް-19: މިއަދު ޕޮޒިޓިވްވީ 94 މީހުން
Share
ރާއްޖެއިން އިތުރު 94 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
Advertisement

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިއަދު ވަނީ 4،021 ސާމްޕަލް ޓެސްޓު ކުރެވިފައެެވެ. އޭގެތެރެއިން މުޅި ރާއްޖެއިން މިއަދު ޕޮޒިޓިވް ވެފައިވަނީ 94 މީހުންވެ. 

މިއަދު އަތޮޅުތެރޭގެ ރަށްތަކުން 68 މީހުން ޕޮޒިޓިވްވިއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 20 މީހުންނެވެ. ރިސޯޓްތަކުން ހަ މީހަކު ޕޮޒިޓިވްވެފައި ވެއެވެ. 

މިއާއެކު މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 85،932 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 84،451 އަށް އަރާފައިވާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އުޅެނީ 16 ގައެވެ.

މިހާތަނަށް ރާއްޖެއިން 237 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު، މިވަގުތު ރާއްޖޭގައި ތިބީ ބަލިޖެހިފައިވާ 1،231 މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް