ads
ނޭޕާލް ޓީމުގެ ކޯޗު
ފައިނަލް މެޗުު އުނދަގޫވާނެ، އެކަމަކު އިންޑިޔާ ބަލިކުރާނަން
ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި މާދަމާ އިންޑިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ އުނދަގޫ މެޗަކަށްވާނެ ކަމަށާއި އެހެންނަމަވެސް އިންޑިޔާ ބަލިކުރެވޭނެ ކަމަށް ނޭޕާލު ޓީމުން ބުނެފިއެވެ.

އިންޑިޔާއާ ނޭޕާލް ވާދަކުރާ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭއެވެ. މުބާރާތުގެ ފައިނަލަށް ނޭޕާލް ދިޔައީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށްގެން ޖުމްލަ ހަތް ޕޮއިންޓާ އެކު ދެވަނަ ޓީމުގެ ގޮތުގައެވެ. ނޭޕާލް ބަލިވީ އިންޑިޔާ އަތުންނެވެ. ރާއްޖެއާ ލަންކާއާ ކުޅުނު މެޗުން މޮޅުވެފައިވާއިރު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުންވީ އެއްވަރެވެ. 

އޮންލައިންކޮށް ހުކުރު ދުވަހު މެންދުރު ފަހު ބޭއްވި ފައިނަލް މެޗުގެ ޕްރީމެޗް ޕްރެސް ކޮންފަރެންސްގައި ނޭޕާލުގެ ކެޕްޓަން ކިރަން ބުނީ ފައިނަލް މެޗު އުނދަގޫވާނެ ކަން އެނގޭ ކަމަށެވެ. އެހެންނަމަވެސް އިންޑިޔާ ބަލިކުރާނެ ކަމަށާއި މުޅި ޓީމުވެސް ތައްޔާރުވެތިބީ އެކަމަށް ކަމަށް، ކުރިން ރާއްޖޭގެ ޓީސީ ސްޕޯޓްސްއަށް ކުޅުނު ކިރަން ބުންޏެވެ. 

އުނދަގޫ މެޗަކަށްވާނެ ކަން އެނގޭ އެކަމަކު އަހަރުމެން ކުޅޭނީ ކެތްތެރިކަމާ އެކު، ރޭވުންތެރިކަމާއެކު. މީ މާގިނަ ވާހަކަ ދައްކަންވީ ވަގުތެއް ނޫން. އަހަރުމެން އެންމެ ފަހު މިނިޓާ ހަމައަށް ގަދަ އަޅައި މަސައްކަތް ކުރާނަން. އިންޑިޔާ އަތުން އަހަރުމެން ކުރިން ބަލިވެފައިވާ ބަލިވުންތަކަކީ މިހާރު އެއްވެސް މުހިއްމު ކަމެއް އޮތް ކަމެއް ނޫން. އަހަރުމެންގެ ހުރިހާވެސް ފޯކަސް އަކީ އިންޑީޔާ ބަލިކުރުން. އެކަން އަހަރުމެން މާދަމާ ކުރާނަން.

މިއީ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ނޭޕާލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ނޭޕާލުން ފެށީ ފުރަތަމަ މެޗުގައި ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރާއްޖެ އަތުން އެއް ލަނޑު ސުން ލަނޑުން ނޭޕާލު ފުރަތަމަ މެޗުގައި މޮޅުވިއިރު އެއީ ނޭޕާލުގެ ސީނިއަރ ޓީމު ރާއްޖެ އަތުން މިހާތަނަށް މޮޅުވި ފުރަތަމަ މެޗުވެސްމެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް