ads
ރައީސް މިރޭ ތ ކަނޑޫދޫގައި ވާހަކަ ދައްކަވަނީ ފޮޓޯ ރައީސް އޮފީސް
އޯގަނިކް ފާރމިންގ އަށް މާކެޓް އެބައޮތް: ރައީސް
އޯގަނިކް ފާރމިންގ އަށް ރާއްޖޭގައި އޮތް މާކެޓް ކުޑަނޫން ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދަނޑުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ތ.ކަނޑޫގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުގެ އިލްތިމާސް އަކީ ތިބޭފުޅުން ދަނުވެރިކަމާއި އެކު ކުރިއަށްދާ އިރުގައި އޯގަނިކް ފާރމިންގ އަށް ބޮޑަށް ސަމާލުކަން ދީގެން ކުރިއަށް ދިއުން. އޭގަ މާކެޓް އެބަައޮތް. އުފައްދާތަކެތި އަގު ތަންކޮޅެއް ބޮޑުވެދާނެ. އެހެން ނަމަވެސް އޯގަނިކް ފާރމިންގ އަށް ރާއްޖޭގައި އޮތް ބާޒާރު ކުޑައެއް ނޫން" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގައި ދަނޑުވެރިކަން ކުރާއިރު، ބޭނުންކުރާ ބައެއް ކެމިކަލްތަކުގެ ސަބަބުން، އެކިކަހަލަ ބަލި ފެތުރެމުންދާ ކަމަށާއި، އެކަމާއި ގުޅޭގޮތުން، މޯލްޑިވްސް ޔުނިވާރސިޓީ އާއި ގުޅިގެން ދިރާސާއެއް ހެދުމުގެ މަސައްކަތް އެބަ ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޔަގީންކޮށް ދަންނަވަން އަދި ނުކެރުނު ނަމަވެސް، ރާއްޖޭގައި ވަނީ ބާވަތްތަކެއްގެ ބަލި ފެތުރެމުން އެބަދޭ. ބައެއް މީހުން ޢަބޫލުކުރާ ގޮތުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ކެމިކަލާއި ގުޅުމެއް ހުރުމަކީ ވެދާނެ ކަމެއް. އަޅުގަނޑުމެން މިހާރު އެކަމުގެ ދިރާސާއެއް ހަމަދަމުން އެބަ ގެންދަން" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

 ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތ.ކަނޑޫދޫއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ، ދަނޑުވެރިކަމަށް ހާއްސަކޮށްގެން އެގްރޯނެޓުން ތައްޔާރުކޮށްފައިވާ " ދަނޑުވެރިޔާ " އަތްމަތީ ފޮތްވެސް އިފްތިތާހު ކޮށްދެއްވާފައެވެ. 

ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަނޑޫދޫގައި ކުރިއަށްދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން މިއަދު ވަނީ ކާބޯތަކެތީގެ ހާއްސަ މައުރަޒެއްވެސް ބާއްވާފައެވެ.

ކަނޑޫދޫ ކައުންސިލުން އިސްނަގައިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން މިމަހުގެ 15 އިން 16 އަށް ކަނޑޫދޫގައި ކުރިޔަށްގެންދާ ކާބޯތަކެތީގެ މައުރަޒުގައި ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ޕްރޮމޯޓްކޮށް އިސްތިހާރުކުރުމަށާއި އެއްތަނަކުން ފެންނަގޮތް ހެދުމާއި އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ތައްޔާރުކުރާ ކާނާގެ ބާވަތްތައް ދައްކާލުމުގެ ގޮތުން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގައި ތ  އަތޮޅުގެ ހަތަރު ރަށެއްގެ ސްޓޯލްތަކާއި އެގްރޯނެޓާއި ކަނޑޫދޫގެ ދެ ސްޓޯލެއް ވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް