ads
މަސްއޫދު ކާރުގައި ރޯކޮށްލާފައި
ހައިކޯޓަށް ގޮންޖަހާ މަސްއޫދަށް ހަމަލާދިން މީހާ ބަންދު ނުކުރަން ފޮނަދޫ ކޯޓުން ނިންމައިފި
ހައިކޯޓަށް ގޮންޖަހާ މަސްއޫދަށް ހަމަލާދިން މީހާ ބަންދު ނުކުރަން ފޮނަދޫ ކޯޓުން ނިންމައިފި އެވެ.

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި  އަހުމަދު ޝަމީމް ދޫކޮށްލުމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށް، ބަންދާއި މެދު ގޮތެއް ނިންމުމަށް ހައިކޯޓުން އަމުރު ކުރުމުން ވެސް އެމީހާ ބަންދު ނުކުރަން ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ސީއެންއެމް އަށް، ވިދާޅުވީ މިނިންމުމާގުޅިގެން އަނެއްކާވެސް އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ. އެމައްސަލަ މިފެށޭ ހަފްތާގައި ހައިކޯޓުގައި ކުރިއަށްދާނެ ކަމަށާއި އަންގާރަ ދުވަހުގެ ކުރިން އެމައްސަލައަށް ގޮތެއް ނިންމަވާނެ ކަމަށެވެ. 

your imageމަސްއޫދަށް ހަމަލަ ދިންކަމުގެ ތުހުމަތު ކުރެވޭ މީހާ

މޯލްޑިވްސް މީޑިޔާގެ ކައުންސިލްގެ ކުރީގެ މެމްބަރު މަސްއޫދަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލަށް ކުރިހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން މައްސަލަ ބެއްލެވި ތިން ފަޑިޔާރުންގެ އިއްތިފާގުން ވަނީ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލްކޮށްފަ އެވެ.

ހައިކޯޓުން މިމައްސަލާގައި ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ ލިބިފައިވާ ހެއްކާ ގަރީނާތަކަށް ބަލައި އެމީހާ ބަންދުގައި ބަހައްޓަން އެމައްސަލާގައި މިހާރު ދައުވާ އުފުލިފައިވާ ކޯޓުން ގޮތެއް ނިންމުމަށް ޖެހޭ ކަމަށެވެ.

ޖޭއެސްސީގެ ދަށު ކޯޓުތައް ތަމްސީލް ކުރާ އަލީ ޝަރީފް އިސްމެޖިސްޓްރޭޓްކަން ކުރާ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށް، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ތިން ދުވަސް ތެރޭ ހުށަހެޅުމަށް ހައިކޯޓުން ހުކުމް ކުރުމުން ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވަނީ އެމީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓްގައި އެދިފަ އެވެ. އެހެންނަމަވެސް އެކޯޓުން ވަނީ އަނެއްކާ ވެސް އޭނާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ހުކުމްކޮށްފަ އެވެ.

ޝާފިއު ވިދާޅުވީ މިދިޔަ ހަފްތާގައި ދަށު ކޯޓުގައި އޮތް އަޑުއެހުމުގައި، ތޫނުހަތިޔާރު ގެންގުޅުމުގެ ގާނޫނުގެ ދަށުން އޮންނަ ހާއްސަ އިޖުރާއަތުގެ ދަށުން އޭނާ ބަންދު ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. އެހެން އެދުމުން ކޯޓުން ވިދާޅުވެފައިވަނީ ލިއުމުން ހުށަހެޅުމަށް ކަމަށް ޝާފިއު ވިދާޅުވިއެވެ.

"ފަހުން ހުށަހެޅިގޮތާމެދު ނިންމެވީ ލިއުމުން ހުށަހަޅަން. ބަންދު ނުކުރަން ނިންމީކީއެއްނޫން އެކަމުގައި" ޝާފީ ވިދާޅުވިއެވެ. 

މިމައްސަލާގައި ދައުލަތުން ހައިކޯޓުގައި ބުނެފައިވަނީ ދަށުކޯޓުން މިމައްސަލާގައި ހައްޔަރުކުރި ލ. ފޮނަދޫ ދިލްކުސާގޭ، އަހުމަދު ސަމީމް ދޫކޮށްލާފައި ވަނީ ގާނޫނު އަސާސީގެ ސާޅީސް ނުވަ ވަނަ މާއްދާ އާއި ޖިނާއީ އިޖްރާއަތުގެ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި މީގެ ކުރިން މިމީހާއަށް މިފަދަ މައްސަލައެއް ތުހުމަތު ކުރެވި ތަހްގީގް ކުރެވުމުންދާ ކަމަށާއި މިއީ ސިލްސިލާ ގޮތެއްގައި ކުރިއަށް ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

މިހާރު އަމިއްލަ ވިޔަފާރީ ހަރަކާތްތެރިވަމުންދާ މަސްއޫދަށް ހަމަލާދިން މީހާގެ މައްޗައް ދައުލަތުން ދައުވާ އުފުލާފައި ވަނީ ޤާނޫނު ނަންބަރު 17/2010  ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) ދަށުންނެވެ.

މި މީހާއަކީ މިދިޔަ ޑިސެމްބަރު މަހު ލާމް އަތޮޅުގައި އޮންނަ މަސްއޫދު ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ. އެމައްސަލާގައި ވެސް ފުލުހުން ވަނީ އަހުމަދު ސަމީމްގެ ފޯނު ހިފަހައްޓާފަ އެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް