ads
ގދ. މަޑަވެލި--
އެންމެގިނަ މާކްސް ލިބުނުމީހާ އެސްޖީއަކަށް ނުހޮވަން މަޑަވެލީ ކައުންސިލުން ނިންމައިފި
ގދ. މަޑަވެލީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލި ހަތް ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު މީހާ އެމަގާމަށް ހޮވަން ނުފެންނަ ކަމަށް ގދ. މަޑަވެލީ ކައުންސިލުން ނިންމައިފިއެވެ.

އެންމެ މަތިން ޕޮއިންޓް ލިބިފައިވަނީ އެރަށު ކަދިލިމާގޭ މުހައްމަދު އަހުމަދު ވަހީދު އަށެވެ.

ގދ. މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒު ހަސަން ވިދާޅުވީ ސިވިލްސާވިސްއިން ލަފައަކަށް އެދުމުން އެކައުންސިލުން ނިންމާފައިވާ ގޮތް ކަމަށެވެ.  

ކައުންސިލުން މިމަހު ފަސްވަނަ ދުވަހު ނެރެފައިވާ ނިންމުމުގައި ބުނެފައިވަނީ މުހައްމަދު ވަހީދު އަހުމަދަކީ 2019 ވަނައަހަރު މަޖިލިސް އިންތިހާބުގައި ބައިވެރިވެފައިވާ މީހެއް ކަމަށާއި މިހާރުވެސް ސިޔާސީ ގޮތުން ހަރަކާތްތެރިވާ މީހެއް ކަމަށެވެ. އެހެންވެ ކައުންސިލްގެ ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރަކު ވޯޓު ދެއްވާފައިވަނީ އޭނާ އެސްޖީއަކަށް ހޮވަން ނުފެންނަކަމަށެވެ. އޭނާ އާ އެއްކޮޅަށް ވޯޓު ދެއްވާފައިވަނީ އެކައުންސިލްގެ ދެ މެންބަރެކެވެ. 

ސިވިލް ސާވިސް ކޮމިޝަނުން އާއްމު ކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މުހައްމަދު އަހުމަދު ވަހީދަށް 84.91 މާކްސް ލިބިފައި ވެއެވެ. ވާދަކުރި ހަތް ކެންޑިޑޭޓުންގެ ތެރެއިން ތިން ކެންޑިޑޭޓަކު ވަނީ ޑިސްކޮލިފައި ވެފައެވެ. އަދި އެކަކު ޝަރުތު ހަމަ ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް