
ވައިޓް ހައުސްއިން ނެރުނު އާ ގަވައިދުގެ މަތިން 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ނަތީޖާއެއް އޮވެއްޖެނަމަ އެގައުމަށް ދަތުރު ކުރެވޭނެކަމަށް ބުނެފައި ވެއެވެ. 2020 ވަނަ އަހަރުގެ ކުރީކޮޅު ދަތުރުވެރިންނަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ނިމުމެއް ކަމަށް މިކަން ވެގެން ދާނެއެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ މި ފިޔަވަޅު އަޅާފައިވަނީ އެގައުމުގެ ޕަބްލިކް ހެލްތުން ކަމަށެވެ. އަދި މި އާ ފިޔަވަޅުތަކަށް އަމަލުކުރަން ހިމެނޭ ގައުމުތަކުގެ ތެރޭގައި ޝެންގެންގެ ގަަައުމުތައް ކަމަށްވާ ޔޫރަޕުގެ 26 ގައުމު ވެއެވެ. އަދި ޔޫކޭ، ބްރެޒިލް، ޗައިނާ، އިންޑިޔާ، އިރާން، އަޔަލޭންޑް އަދި ސައުތު އެފްރިކާ ހިމެނެ އެވެ.
މިހާރު މިއަޅާފައިވާ ފިޔަވަޅުގެ ސަބަބުން 14 ދުވަސް ހަމަވެފައި ނުވާ އެމެރިކާގެ ރައްޔިތުން ނޫންް ދަތުރު ވެރިންނަށް ޔޫކޭ، ޗައިނާ، އިންޑިޔާ، ސައުތު އެފްރިކާ، އިރާން، ބްރެޒިލް އަދި ޔޫރަޕުގެ ބައެއް ގައުމުތަކުން އެގައުމަށް އެތެރެވުން މަނާ ވާނެއެވެ.
އެހެން ނަމަވެސް، މި ފިޔަވަޅުތަކުގެ ސަބަބުން 150 ގައުމަކުން ކޮވިޑް ގެ ކޭސްތައް ގިނައިން ފެނިފައިވި ނަމަވެސް އެމެރިކާއަށް އެތެރެވަމުން ދާތީ ވަނީ ހަމަނުޖެހުން އުފެދިފަ އެވެ. އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ނޫނީ ޑަބްލިއު އެޗް އޯ އިން އިމަޖެންސީ ލިސްޓަށް ހުއްދަ ދީފައިވާނަމަ މިފިޔަވަޅު ތަކަށް ފެތޭނެ އެވެ. އަދި ގައުމަށް އެތެރެ ވުމަށްފަހު ކަރަންޓީނު ވާން ވެސް ނުޖެހޭނެ އެވެ. އިމަޖެންސީ ލިސްޓަށް ހުއްދަ ދެވިގެން އެސްޓްރާ ޒެނެކާ ވެކްސިން އެންމެ ގިނައިން ބޭނުން ކުރާ ޔޫކޭގެ ދަތުރުވެރިންނަށް އެތެރެވެވޭނެ އެވެ.
އަދި ޗައިނާއިން ސިނޮވެކް އަދި ސިނޮފާމް ވެކްސިން ޖަހާ ދަތުރުވެރިންވެސް މީގެ ތެރޭގައި ބަލައިގަންނާނެެ އެވެ. މިކަން އިއުލާން ކުރިފަހުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ދަނީ އުފާ ފާޅުކުރަމުން ނެވެ.