ads
ދަނޑުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ތ.ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ރައީސް އޮފީސް
އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ޑިއުޓީ ބޮޑުކުރާނަން: ރައީސް
ރާއްޖެއަށް އިމްޕޯޓްކުރާ ތަރުކާރީއާ މޭވާގެ ތެރެއިން ރާއްޖޭގައި ހެއްދޭނެ ބާވަތްތަަކުން ޑިއުޓީ ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން، ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތ. ކަނޑޫދޫގައި ރޭ ބޭއްވި ޖަލްސާގައޮ ވާހަކަފުޅު ދައްކަވަމުންނެވެ.

"ސިންގަޕޫރަށް އެތެރެކުރާ މޭވާ އާއި ތަރުކާރީގެ 30 ޕަސެންޓް އެ ގައުމުން އުފައްދަން ވަނީ ނިންމާފަ. ސިންގަޕޫރަކީ ވެސް ރާއްޖެ ފަދަ ބިން ކުޑަ ގައުމަކަށްވާ އިރު ރިސާޗާ ޕްލޭނާއެކު މަސައްކަތް ކުރެވިއްޖަނަމަ ރާއްޖޭގައި ވެސް ބައެއް ބާވަތްތަކުގެ ތަރުކާރީއާ މޭވާ ހެއްދިދާނެ." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، މިހާރު ރާއްޖޭގައި ދަނޑުވެރިކަން ހިއްސާކުރަނީ ޖީޑީޕީގެ އެންމެ 1.7 އިންސައްތަ ކަަމަށާއި ނަަމަވެސް ދަނޑުވެރިކަން މިއަށްވުރެ ބޮޑަށް ފުޅާކުރުން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުރެވިދާނެ ވެސް ކަަމަށާއި މިހާރުވެސް ދަނޑުވެރިން ހައްދާ ބާވަތްތަަކަށް ރިސޯޓްތަކުން ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ކަަމަށެވެެ.

ރިސޯޓްތަކުން ބޭނުންވަނީ މެދުކެނޑުމެއް ނެތި ދަނޑުވެރިން ހައްދާ ބާވަތްތައް ލިބޭނެކަމުގެ ޔަގީންކަން ކަމަށާއި ހަމަ އެފަދައިން އެ ބާވަތްތައް ވިއްކައި ހަަމަ އަގު ލިބޭނެ ކަމުގެ ޔަގީންކަން ދަނޑުވެރިންނަށް ބޭނުންވާކަމަަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެކަަމަށްޓަކައި ވަކި އިންތިޒާމްތަކެއް ހަމަޖައްސައިދެމުންދާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ރާއްޖޭގައި ދަނޑުވެރިކަން ކުރާއިރު، ބޭނުންކުރާ ބައެއް ކެމިކަލްތަކުގެ ސަބަބުން، އެކިކަހަލަ ބަލި ފެތުރެމުންދާ ކަމަށާއި، އެކަމާއި ގުޅޭގޮތުން، މޯލްޑިވްސް ޔުނިވާރސިޓީ އާއި ގުޅިގެން ދިރާސާއެއް ހެދުމުގެ މަސައްކަތް އެބަ ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޔަގީންކޮށް ދަންނަވަން އަދި ނުކެރުނު ނަމަވެސް، ރާއްޖޭގައި ވަނީ ބާވަތްތަކެއްގެ ބަލި ފެތުރެމުން އެބަދޭ. ބައެއް މީހުން ޢަބޫލުކުރާ ގޮތުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ކެމިކަލާއި ގުޅުމެއް ހުރުމަކީ ވެދާނެ ކަމެއް. އަޅުގަނޑުމެން މިހާރު އެކަމުގެ ދިރާސާއެއް ހަމަދަމުން އެބަ ގެންދަން" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތ.ކަނޑޫދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ދަނޑުވެރިކަމަށް ހާއްސަކޮށްގެން އެގްރޯނެޓުން ތައްޔާރުކޮށްފައިވާ " ދަނޑުވެރިޔާ " އަތްމަތީ ފޮތްވެސް އިފްތިތާހު ކޮށްދެއްވާފައެވެ. 




0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް