ads
ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު -- ފޮޓޯ: އަވަސް
ސީޕީ މުނާޒުގެ މައްސަލައެއް އޭސީސީއަށް!
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގައިދީއަކު މިނިވަންކުރި ކަމަށް ތުހުމަތުކޮށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުގެ މައްސަލައެއް ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގައިދީއަކު މިނިވަންކުރި ކަމަށް ތުހުމަތުކޮށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުގެ މައްސަލައެއް ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން މިމައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަން އެ ކޮމިޝަނުން ވަނީ ޔަގީންކޮށްދީފަ އެވެ. އަދި މައްސަލަ ދިރާސާކުރަމުންދާ ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އޭސީސީއަށް މިއަދު ހުށަހަޅާފައިވާ މިމައްސަލައިގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދޭން ނިންމަވާފައި ނުވާ ގައިދިއެއް ކަމަށްވާ ލ. ގަން ތުނޑި، އެދީވިލާ، މައުސޫމް މޫސާ މިނިވަންކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށް ބުނެ މުނާޒު ސޮއިކުރައްވާ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ލިޔުމެއް ދޫކޮށްފައިވާ ކަމަށެވެ.

މިއީ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާއަށް ނާޖާއިޒް މަންފާއެއް ހޯދައިދިނުމަށް ކުރައްވާފައިވާ ކަމަކަށް ވާތީ މިމައްސަލަ ތަހުގީގުކޮށްދިނުމަށް އެދޭ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.

މައާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ގައިދީންނަށް މައާފް ދިނުމާއި އަދަބް ލުއިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް އެކަނި ލިބިގެންވާ ބާރެކެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުގެ މައްސަލައެއް ބަލައިދިނުމަށް އޭސީސީއަށް ހުށަހެޅިއިރު ކޮމިޝަނަށް ހުށަހެޅި ސިޓީގައި ބުނާ ފަދަ ކަމެއް މިދިޔަ އަހަރުގެ ތެރޭގައި ހިނގާފައިވެ އެވެ. އޭރު އެކަމުގައި އުޅުނު ބައެއް މުވައްޒަފުންނަށް ކަރެކްޝަންސް އިން ފިޔަވަޅު އަޅާފައިވެސް ވެއެވެ. ނަމަވެސް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުއަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް