ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ-- ފޮޓޯ: ވީނިއުސް
ތިން ވަނަ ފަހަރަށް ޔެލޯ އެލާޓް ދިގުދަންމާލައިފި
މޫސުން ގޯސްވެ މުޅި ރާއްޖެ އަށް ނެރެފައިވާ ޔެލޯ އެލާޓް އަނެއްކާ ވެސް ދަމަހައްޓައިފިއެވެ.

މިއީ ރެއިން ފެށިގެން ޔެލޯ އެލާޓް ގެ ވަގުތު އިތުރު ކުރި ތިން ވަނަ ފަހަރެވެ.

ދާދި ދެންމެ އަކު ގައުމީ މޫސުމާއި ބެހޭ އިދާރާއިން ބުނީ މިރޭގެ 12:30 އަށް ރާއްޖެ އަށް ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު އިތުރު ކޮށްފައިވާ ކަމަށެވެ.

ވިލާގަނޑަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރުނު އިރު ރާއްޖޭގެ ކަނޑުތައް އާދަޔާ ހިލާފަށް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ވަނީ އިއުލާނުކޮށްފައެވެ

ވިލާގަނޑުގައި ކަނޑުތައް ގަދަވެ އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް މެޓް އޮފީހުން ބުނެ ދަތުރުފަތުރު ކުރާއިރު މޫސުމަށް ސަމާލްވެގެން ދަތުރު ކުރަން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް ތިން ދުވަހު މި ވިއްސާރަ އެކި ހިސާބުތަކަށް ކުރާނެ ކަމަށް ލަފާ ކުރާއިރު މިއަދު ވަނީ ވ. އަތޮޅަށް ދަތުރުކުރި ލޯންޗެއް ކަނޑުވެ ހިތާމަވެރި ހާދިސާ އެއްވެސް ހިނގާފައެވެ. އެ ހާދިސާގައި އަންހެނަކު މަރުވިއިރު އެ މަރުވި އަންހެން މީހާގެ ކުޑަ ދަރިފުޅު ވަނީ ގެއްލިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް