ads
އިންޑިޔާ ކުޅުންތެރިން ނޭޕާލު ކޮޅަށް ލަނޑެއް ޖެހުމަށް ފަހު އުފާފާޅު ކުރަނީ
އިންޑިއާއިން ކައިރި ކައިރިން 2 ގޯލު ޖަހާ މެޗްގެ ލީޑު ނަގައިފި
އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ނޭޕާލާއި ދެކޮޅަށް އިންޑިއާ ކުޅެމުން އަންނަ މެޗުގައި ދެމިނެޓު ތެރޭ އިންޑިއާއިން ދެ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިފިއެވެ.

އެގޮތުން ފުރަތަމަ ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ އެންމެ ހުނަރުވެރި ކުޅުންތެރިޔާ ސުނިލް ޗެތްރީއެވެ. އޭގެ ފަހުން 50 ވަނަ މިނެޓުގައި އެޓީމަށް ދެވަނަ ގޯލެއް ކާމިޔާބު ކޮށްދީފައިވަނީ ސުރޭޝް ސިންގް ވަންޖަމް އެވެ.

މިއީ ސުނިލް ޗެތްރީ މި އަހަރުގެ ސާފްޗެންޕިއަންޝިޕްގައި ޖެހި ފަސް ވަނަ ގޯލެވެ.

އިންޑިއާ ފައިނަލަށް ދަތުރުކުރީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ރާއްޖެ އާއެކު ބައްދަލުކޮށް ރާއްޖެ ބަލިކޮށް ތިން ގޯލު ކާމިޔާބުކޮށްގެންނެވެ.

މިހާރު ކުޅެވެމުންދާ ފޯރިގަދަ ފައިނަލް މެޗްގައި ކައިރި ކައިރިން ދެ ގޯލް އިންޑިއާއިން ޖަހާފައިވާއިރު މި އަހަރުގެ ޗެންޕިއަނަކަށް އިންޑިއާ ގޮސްދާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް