ads
ޯރޯވި އިމާރާތް…ފޮޓޯ/ސޯޝަލް މީޑިއާ
އަމީނީ މަގުގައި ހުރި އިމާރާތެއްގައި ރޯވެއްޖެ
މާލޭ އަމީނީ މަގުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގައިގެން އުޅެނީ އަމީނީ މަގުގައި ހުންނަ ސީގަލް ފިހާރަ ސަރަހައްދުގައި ހުރި އިމާރާތެެއްްގައި ކަމަށެވެ.

އިތުރަށް ބުނީ އެ ހާދިސާ ހިނގުމާއެކު އެ ސަރަހައްދަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ވަނީ ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ނޭނގޭ ކަމަށާއި އިތުރަށް ތަހުގީގު ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ސީއެންއެމް އަށް ބުނީ އަލިފާންގަނޑު ހިފާފައި ހުރީ ވަރަށް ބޮޑަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް