ads
100 ކިލޯ ހެރޮއިން މައްސަލާގައި ހިމެނޭ މީހުން
ސަތޭކަ ކިލޯ ހެރޮއިން މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފި
އަށް މީހުންގެ މުއްދަތަށް 15ދުވަސް ޖަހައި، ދެމީހުން ދޫކޮށްލައިފި
ސަތޭކަ ކިލޯ ހެރޮއިން މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނީ  ނ. ވެލިދޫ، ބީޗްހެވެން، އުމުރުން 19 އަހަރުގެ ޖުމާން މުސްޠަފާ އާއި ގއ. ކޮލަމާފުށި، ސޯސަންގެ، އުމުރުން 25 އަހަރުގެ އިބްރާހީމް ޒައިދު ޙަބީބު އާއި ލ. ކަލައިދޫ، ޖަނަވަރީމާގެ، އުމުރުން 34 އަހަރުގެ މުޙައްމަދު އަޙްމަދު އާއި ހދ. ކުމުންދޫ، ޑިއާފުރެންޑް، އުމުރުން 24 އަހަރުގެ އިބްރާހީމް ސިނާނު  ކަމަށެވެ. 

އަދި އެމީހުންގެ އިތުރުން އެ މައްސަލާގައި އާއި ދ. ބަނޑިދޫ، ޕޮލަރިސް، އުމުރުން 61 އަހަރުގެ މުޙައްމަދު ޙުސައިން އާއި ބަނގްލަދޭޝް، އުމުރުން 35 އަހަރުގެ އެމްޑީ ރަފީޤުލް އިސްލާމް އާއި ބަނގްލަދޭޝް، އުމުރުން 24 އަހަރުގެ ޑީއެމް މޮބިން އާއި ގއ. ދެއްވަދޫ، ދޭލިޔާގެ އުމުރުން 26 އަހަރުގެ މިދުހަތު އިބްރާހީމް އެވެ.

މި މީހުންގެ ތެރޭގައި ހިމެނޭ ޖުމާން މުސްޠަފާ އާއި އިބްރާހީމް ޒައިދު ޙަބީބު އާއި މުޙައްމަދު އަޙްމަދު ވަނީ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައެވެ. އިބްރާހީމް ސިނާނު އާއި މުޙައްމަދު ޙުސައިން އާއި އެމްޑީ ރަފީޤުލް އިސްލާމް އާއި ޑީއެމް މޮބިން ވަނީ 15 ދުވަހަށް ބަންދަށް ކޯޓުން ޖަހާފައިވަނީ 15 ދުވަސްކަމަށް ފުލުހުން ބުނެ އެވެ. މިދުހަތު އިބްރާހީމުގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ.

your imageއަތުލައިގަތް ހެރޮއިން

ރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 13 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޔާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 10 މީހުންގެ ތެރެއިން އަށް މީހަކު ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ވަނަވަރު ހާމަކުރި އަށް މީހުންގެ އިތުރުން، މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިތުރު ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެ ދެ މީހުން ވަނީ ދޫކޮށްލައިފައެވެ. އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން މިހާރު ވާނީ އެދިފައެވެ. ދޫކޮށްލާފައިވާ ދެ މީހުންނަކީ މަސްތުވާތަކެތި ރާޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނެވެ.

މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައެވެ. މި އޮޕަރޭޝަންގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އެހީތެރިކަން ލިބިގެންގޮސްފައިވާކަން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ފާހަގަ ކުރެއެވެ.

މިއީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ.  މި އޮޕަރޭޝަންގެ އިތުރުން، މި ފަހުން ހިނގުނު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އެ އޮޕަރޭޝަންގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަ ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް