ads
މަކުނުދޫގައި ކުރިއަށްދާ ހޭންބޯލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ސީއެންއެމް ހަމަޖެއްސުމަށް ބޭއްވި ހަފްލާގެ ތެރެއިން…
މަކުނުދޫ ހޭންޑްބޯލް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސީއެންއެމް!
ހދ. މަކުނުދޫގައި މި މަހުގެ 17 އިން 22 އަށް ކުރިއަށް ގެންދިޔުމަަށް ހަމަޖެހިފައިވާ “މަކުނުދޫ ޑަބްލިއުޑީސީ ހޭންޑްބޯލް ޓޯނަމެންޓް 2021” ގެ ހަބަރު ތައް ކަވަރުކޮށްދިނިމަށް އޮންލައިން މީޑިއާ ޕާޓްނަރަކަށް ޗެނަލް ނިއުސް މޯލްޑިވްސް ހަމަ ޖައްސައިފިއެވެ.

އެގޮތުން އެ އޮންލައިން ޕާޓްނަރަކަށް ސީއެންއެމް ހަމަ ޖެއްސުމަށް ބޭއްވި ކުޑަ ހަފްލާއެއް މިރޭ ކުރިއަށް ދިޔަ މަކުނުދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މުބާރާތުގައި ވާދަކުރާ ހަތަރު ޓީމްގެ މެނޭޖަރުން ވަނީ ހަފްލާގައި ބައިވެރިވެލައްވާފައެވެ. 

އެ ހަފްލާގައި ވާހަކަ ދައްކަމުން ޑަބްލިއު ޑީސީގެ ރައީސާ ޝިބާނާ އަލީ ވިދާޅުވީ މިފަދަ ބޮޑު މުބާރާތެއްގެ ތާޒާ ހަބަރުތައް ސީއެންއެމް މެދުވެރިކޮށް އާންމުންނަށް ގެނެސްދެން ނިންމުމުން އެކަމާއި އުފާކުރާ ކަމަށެވެ.

މި މުބާރާތުގެ ހުރިހާ ހަބަރެއް ގެނެސްދޭނީ މިވަގުތު މަކުނުދޫގައި ހުރި ސީއެންއެމްގެ ނޫސްވެރިޔާ މުހައްމަދު މުސްތަފާ އެވެ.

ޖުމްލަ ހަތަރު ޓީމެއް މި މުބާރާތުގައި ވާދަކުރާއިރު މިއަދު ވަނީ މުބާރާތުގެ މެޗްތައް ފެށިފައެވެ. “މަކުނުދޫ ޑަބްލިއުޑީސީ ހޭންޑްބޯލް ޓޯނަމެންޓް 2021” ގައި މި އަހަރު ވާދަ ކުރާ ޓީމް ތަކަކީ “ބަދަހި”، “ޒައިޒީ”،”މާމުޑާ” އަދި “ސްޕިރިޓް އެފް ސީ” އެވެ.

your imageމަކުނުދޫ ޑަބްލިއުޑީސީ ހޭންޑްބޯލް ޓޯނަމެންޓް 2021 ފެށުމަށް ބޭއްވި ރަސްމިއްޔާތު…ފޮޓޯ/ވާސިފް

މި މަހުގެ 22 ވަނަ ދުވަހު ފައިނަލް މެޗް ކުރިއަށް ގެންދަން ނިންމާފައިވާ މި މުބާރާތުގައި ޗެންޕިއަންކަން ހޯދާ ޓީމާކަށް ތިން ހާސް ރުފިޔާގެ ފައިސާގެ އިނާމަކާއި ޓްރޮފީއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. 

މަކުނުދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށް އެރަށު ކައުންސިލް އިދާރާގެ އެއްބާރުލުމާއެކު ފޯރިގަދަކޮށް ކުރިއަށްގެންދާ އެ މުބާރާތުގެ މެއިން ސްޕޮންސަރަކީ “ހޮލޮތޫރިއާ” އެވެ. އަދި އެހެނިހެން ސްޕޮންސަރުންގެ ތެރޭގައި އެރަށު މަކުނުދޫ ޕޮލިސް އަދި މަކުނުދޫ ހެލްތް ސެންޓަރު ހިމެނެއެވެ.

ފޯރިގަދަކޮށް ގެންދަން ނިންމާފައިވާ “މަކުނުދޫ ޑަބްލިއުޑީސީ ހޭންޑްބޯލް ޓޯނަމެންޓް 2021” ގެ ފަހުގެ ހަބަރުތައް ސީއެންއެމް އިން ފުރިހަމަށް ގެނެސްދިނުމަށް ތައްޔާރަށް ތިބި ކަން ފާހަގަކުރަމެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
83%
ވަރަށް ސަލާމް
ކޮމެންޓްސް