ads
ޖެނިފާ އަދި ނަޔެލް——
ބިލް ގޭޓްސްގެ ދޮށީ އަންހެން ދަރިފުޅު މުސްލިމަކާ ކައިވެނިކޮށްފި
ބިލް ގޭޓްސް އާއި މެލިންޑާ ގޭޓްސްގެ އެންމެ ދޮށީ އަންހެން ދަރިފުޅު ޖެނިފާ ކެތުރީން ގޭޓްސް ކުވޭތުގެ މުސްލިމެއް ކަމަށްވާ ނަޔެލް ނާސާއާއި ކައިވެނި ކޮށްފި އެވެ.

އުމުރުން 25 އަހަރުގެ ޖެނިފާ އަކީ ބިލްގޭޓްސްގެ ދޮށީ އަންހެން ދަރިފުޅެވެ. އޭނާ އަކީ ޑޮކްޓަރީކަން ކިޔަވަމުން އަންނަ މީހެކެވެ. ނަމަވެސް އޭނާ ހުސްވަގުތު އެންމެ ކުރާ ހިތްވާ އެއްކަމަކީ އަސްދުއްވުމެވެ.

އޭނާ އާއި އުމުރުން 30 އަހަރުގެ ނަޔެލް ބައްދަލުވީ އެކަމުގެ ތެރެއިންނެވެ. އަސް ދުއްވުމަށް ހުރި ޝައުގުވެރިކަމެއްގެ ސަބަބުން އުމުރުން 10 އަހަރުންސުރެ އެކަން ކުރަމުން އަންނަ ނަޔެލް އަކީ މިހާރު ފާހަގަކުރެވޭ އަސް ދުއްވުންތެރިއެކެވެ.  

ނަޔެލް އަކީ ކުވޭތައް އުފަން އެގައުމުގެ ރައްޔިތެއް ނަމަވެސް 2009ވަނަ އަހަރުން ފެށިގެން އޭނާ ދިރިއުޅެމުން އަންނަނީ އެމެރިކާގައެވެ. 

މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަައި އެންގޭޖްވިކަން އިއުލާންކުރި މިދެމީހުން ކައިވެނި ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިދެމީހުން ކައިވެނި ކޮށްފައިވަނީ މުސްލިމު އާދަކަދާއާއި އެެއްގޮތަށް ހުކުރު ދުވަހު ބޭއްވި ކުޑަ ހަފްލާއެއްގައެވެ. 

އޭގެެފަހުން ދެފަރާތުގެ އާއިލާ ހިމެނޭހެން 300އަށް ވުރެ ގިނަ މީހުންނާއިއެކު ހޮނިހިރު ދުވަހު ކައިވެނި ޕާޓީއެއްވެސް ވަނީ ބާއްވާފައެވެ.

ޖެނިފާގެ ބައްޕަ ބިލްގޭޓްސްއާއި މަންމަ މެލިންޑާއަކީ ކްރިސްޓިއަނުންނެވެ. ނަމަވެސް ބިލްގޭޓްސް އަކީ ދީނީ ވިސްނުމާއި ވަރަށް ބޮޑަށް ދުރު މީހެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އޭނާ މީގެ ކުރިން ދީފައިވާ އިންޓަވިއުއެެއްގައި ބުނެފައިވަަނީ އޭނާ އަށް ކްރިސްޓިއަން ދީނުގެ ކަންކަން މާބޮޑަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ ކަލަކު ވޮޑިގެންވާކަން ގަބޫލުކުރާކަމަށް ބުނެފައެވެ. ނަމަވެސް އެއީ ސައިންޓިފިކް ހޯދުންތަކަށް ބަލައި އޭނާއަށް ވިސްނޭ އެއްޗެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

83%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް