ads
ވިކީ އާއި ކެޓްރީނާ-
ވަގުތު އައިސް ޖެހުނީމަ އެންގޭޖް ވެސް ވާނަން: ވިކީ
ކެޓްރީނާ އާ ވިކީ ކައުޝަލްގެ ލޯބީގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ.

މިހާރު ދެތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަ އަބަދުހެން މީޑިއާތަކުގެ ފަލަ ސުރުހީތަކުގައި އޮންނައިރުވެސް އެ ދެތަރިންވެސް އެ ގުޅުމާމެދު ބަހެއް ބުނެފައެއް ނުވެއެވެ. 

ވަރަށް ގިނަ ފަންޝަންތަކަށް ދެތަރިން އެކީ ގޮސް ހަދައެވެ. އަދި މިދިޔަ ބުދަ ދުވަހު ކެޓްރީނާ ފޭން ގްރޫޕްތަކާއި ފޭން ޕޭޖުތަކުން ވަނީ ކެޓްރީނާ ވިކީ އާ އެންގޭޖުވިކަމުގެ އަޑުތައްވެސް ފަތުރާފަ އެވެ. 

މިދެމީހުން ސިއްރުން އުޅޭވަރުން އެކަން އެމީހުންގެ ފޭނުންނަށްވެސް އޮތީ ކަށަވަރު ނުކުރެވި އެވެ.

ނަމަވެސް މިފަހުން ވިކީ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ދެމީހުން ބައްދަލުވާކަމަށް ދެކެވޭ ވާހަކަތަކަށް އެއްބަސްވެފައެވެ. އޭނާ ބުނާ ގޮތުން އެކަން އެގޮތަށް ވީ މީޑިއާގެ ސަބަބުންނެވެ.

އެންގޭޖްވުމާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް ޖަވާބުދެމުން އޭނާ ބުނީ އެކަންވެސް ވަގުތުއައިސް ޖެހުނީމާ ވާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަންވެސް ވެދާނެ ކަމަށް އޭނާ ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް