ads
ސްޕިރިޓް އަދި މާމުޑާ ކުޅުންތެރިން…
މިއަދުގެ މެޗުން މާމުޑާ ބަލިކޮށް ސްޕިރިޓް ސެމީ ފައިނަލަށް!
(ހދ.މަކުނޫދުއިން)- މަކުނުދޫ ޑަބްލިއުޑީސީ ހޭންޑްބޯލް ޓޯނަމެންޓް 2021 ގައި މިއަދު މާމުޑާ އަދި ސްޕިރިޓް ބައްދަލުކުރި މެޗުގެ ފަހު މިނިޓުގައި ލީޑު ނަގައި ސްޕިރިޓް މޮޅުވެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ދެ ޓީމުން ވެސް ރަނގަޅު ހަމަލާތަކެއް ގޯލަށް އަމާޒުކުރި އިރު މާމުޑާ އަށް މިއަދުގެ މެޗްގެ ފުރަތަމަ ހާފްގައި ވަނީ ދެ ޕެނަލްޓީ ލިބިފައެވެ. 

ފުރަތަމަ ހާފް ނިމިގެންދިޔަ އިރު 4ލަނޑު 2 ލަނޑުން ކުރީގައި އޮތީ މާމުޑާ އެވެ. 

އެހެން ނަމަވެސް ފަހު ހާފްގައި  ފަހަތުން އަރައި އެއްވަރު ކުރުމަށްފަހު އެންމެ ފަހު މިނިޓްގައި ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށް ސްޕިރިޓް ކުރި ހޯދީ 5 ލަނޑު 4 ލަނޑުންނެވެ.

މެޗް ނިމެން ދަނިކޮށް ސްޕިރިޓްގެ ކުޅުންތެރިއަކު ފައުލްކުރުމާއެކު މާމުޑާ އަށް ލިބުނު ފެނަލްޓީ ކާމިޔާބެެއް ނުވިއެވެ.

your imageމާމުޑާ އަދި ސްޕިރިޓްގެ ކެޕްޓަނުން…

މިއަދުގެ މޮޅާއެކު ދެ މެޗުން މޮޅުވެ ސްޕިރިޓް މިވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.  އިއްޔެ ބަދަހި އާއި ބައްދަލުކުރި މެޗުގައި 10 ލަނޑު ޖަހާއި ސްޕިރިޓްވަނީ ކުރި ހޯދާފައެވެ.

މާދަމާ ސްޕިރިޓް ބައްދަލު ކުރާނީ ޒައިޒީ އަށެވެ. މިއަދުގެ މެޗުން ވެސް ނާކާމިޔާބުވި މާމުޑަާ މާދަމާ ބައްދަލު ކުރާނީ ބަދަހި އާއެވެ.

މިއަދު ދެން ކުޅޭނީ ބަދަހި އާއި ޒައިޒީ ބައްދަލުކުރާ މެޗެވެ. އިއްޔެ މާމުޑާ އައި ޒައިޒީ ބައްދަލުކުރި މެޗުން ވަނީ 9 ލަނޑު 3 ލަނޑުން ޒައިޒި މޮޅުވެފައެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް