ads
ބަދަހި އަދި ޒައިޒީގެ ދެ ކެޕްޓަނުން…
ޒައިޒީ މޮޅު ކުޅުމެއް ދައްކައި "ބަދަހި" ބަލިކޮށްފި
(ހދ.މަކުނުދޫއިން)- މަކުނުދޫ ޑަބްލިއުޑީސީ ހޭންޑްބޯލް ޓޯނަމެންޓް 2021 ގައި މިއަދު ބަދަހި އަދި ޒައިޒީ ބައްދަލުކުރި މެޗުން ޒައިޒީ މޮޅު ހޯދައިފި އެވެ.

ޒައިޒީ މޮޅުވީ ހަތްލަނޑު ތިންލަނޑުން ބަދަހި ބަލި ކޮށްގެންނެވެ. މިއަދުގެ ދަށް ވުމާއެކު ބަދަހި މިވަނީ މި މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައެވެ.

ޒައިޒީގެ ކުޅުންތެރިއަކަށް މިއަދުގެ އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ތަށި ލިބިގެންދިޔަ އިރު މެޗުގައި ބަދަހި އިންވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ގޯލަށް އަމާޒުކޮށްފަ އެވެ.

މިއަދުގެ މެޗުން މޮޅުވުމާއެކު ސެމީ އަށް ޒައިޒީ ވަނީ ގޮސްފަ އެވެ. މާދާމާ ޒައިޒީ ބައްދަލު ކުރާނީ ސްޕިރިޓް އާއެކު އެވެ.

މި މިބާރާތުގެ މާދަމާގެ މެޗުތައް ހަވީރު ހަތަރެއް ޖަހާއިރު ފަށަން ނިންމާފައިވާއިރު ފުރަތަމަ ބައްދަލު ކުރާ މެޗުގައި ވާދަކުރާނީ ބަދަހި އަދި މާމުޑާ އެވެ. ދެވަނަ އަށް ކުޅޭނީ ސްޕިރިޓް އަދި ޒައިޒީ އެވެ.

your imageބަދަހި އަދި ޒައިޒީގެ ކުޅުންތެރިން…

މާދާމާ މި ކުޅެވޭ މެޗުތަކުގައި ޒައިޒީ އަދި ސްޕިރިޓް މެޗްގެ ފޯރި ގަދަ ވާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ މި މުބާރާތުގައި ދެ ޓީމު ކުޅުނު ދެ މެޗުގައި ވެސް ވާދަ ކުރި ޓީމުތަކުގެ މައްޗަށް ވަނީ ކުރި ހޯދާފަ އެވެ.

މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށް ކުރިއަށް ގެންދާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ “ހޮލޮތޫރިއާ” އެވެ.

މަކުނުދޫ ހެލްތް ސެންޓަރު އަދި މަކުނުދޫ ޕޮލިސްގެ ގެ ހެޔޮ އެދުމާއެކު ކުރިއަށް މި ގެންދާ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސީއެންއެމް އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް