ads
ދިވެހިރާއްޖޭގެ ހައިކޯޓު-
ސިވިލް ކޯޓުން އަމުރު ނުލިބުމުން އޮފިސަރުންގެ ހައިކޯޓަށް
ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކިކުރި މައްސަލައިގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެނުދިން މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ތާވަލްކޮށްފި އެވެ.

އޮފިސަރުންގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އެ އޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށް ތުހުމަތު ކޮށެވެ. ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އޮފިސަރުން ވިދާޅު ވެއެވެ.

މި މައްސަލަ ފެށުމަށް މާދަމާ ހަވީރު 4:30 ށް ތާވަލް ކޮށްފައިވާއިރު، ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކި ކުރަން ނިންމާފައިވަނީ، މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ ދަށުން މި އޮފިސަރުންތައް ވަކިކުރުމަށް ނިންމާފައިވާއިރު، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) އަހުމަދު މުހައްމަދާއި އޭސީޕީ މުހައްމަދު ޖަމްޝީދު ވަނީ ހަމަ އެ ދުވަހު ވަޒީފާއިން ވަކިވެސް ކޮށްފައެވެ. 

އޭސީޕީ ޖަމްޝީދާއި، އޭސީޕީ އަހްމަދު މުހައްމަދުގެ އިތުރުން ފަސް އޮފިސަރެއް ވަޒީފާއިން ވަކިކުރުމަށް ވަނީ ނިންމާފަ އެވެ.

އެއީ ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި، ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދެވެ.

އެއާއެކު ފަރުހާދު ފިކުރީއާއި، އަހުމަދު ޝުހާދު ނޫން ހުރިހާ އޮފިސަރުން ވަނީ ވަޒީފާއިން ވަކިކުރާ މައްސަލަ ސިވިލް ކޯޓަށް މި މަހުގެ ހަވަނަ ދުވަހު ހުށަހަޅާފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް