ads
ކ.ގުރައިދޫ ބިންހިއްކާފައި ފޮޓޯ އެމްޓީސީސީ
ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ
ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ އެވެ.

މިމަސައްކަތް އެމަޓީސީސީން ނިމްާލާފައިވަނި 27 ސެޕްޓެމްބަރ 2021 ވަނަ ދުވަހު އެވެ.

އެކުންފުނިން ބުނި ގޮތުގައި މި މަޝްރޫޢުގެ ދަށުން، 15 ހެކްޓަރުގެ ބިންހިއްކުމާއި، 1200 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. މި މަޝްރޫޢުއަކީ 85.04 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އެމްޓީސީސީން އެންމެ ފަހުން ނިންމާފައިވާ ލ. އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާފައިވަނީ 17 އޯގަސްޓް 2021 ވަނަ ދުވަހު އެވެ.

އިސްދޫ ބަނދަރު މަޝްރޫއުގެ ދަށުން، 31,820  (ތިރީސްއެއްހާސް އަށްސަތޭކަވިހި) ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 380  (ތިންސަތޭކަ އައްޑިހަ) މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 208  (ދުއިސައްތަ އަށް) މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 98  (ނުވަދިހައަށް) މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. 

އަދި މީގެ އިތުރުން 1810 (އަށާރަސްތޭކަދިހަ) އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބްރިޖެއް އެޅުމާއި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއުއަކީ 34.79 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް