ads
ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން——
އިންޑިއާގެ ހިލޭ އެހީއާއެކު 36މިލިއަން ރުފިޔާގެ 8 މަޝްރޫއެއް!
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަށް މަޝްރޫއެއް ހިންގުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެމްއޯޔޫގައި ސޮއިކޮށްފި އެވެ.

މި އެމްއޯޔޫތަކަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން އެކި އިދާރާތައް މެދުވެރިކޮށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫތަކެވެ.

މިއަދު ސޮއިކުރި އެމްއޯޔޫތަކުގެ ދަށުން އިފްތިތާހުކުރި މަޝްރޫއުތަކަކީ ޖުމްލަ 2.4 މިލިޔަން ޑޮލަރު (36 މިލިޔަން ރުފިޔާ) ގެ ހިލޭ އެހީ އެކެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި:

  1.  2 ސީ އެމްބިއުލާންސް ހޯދުން
  2. ގދ.ތިނަދޫ، ލ.ގަން އަދި ހއ.ދިއްދޫ ގެ ސްކޫލުތަކުގެ އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް ހަރުދަނާކުރުން
  3.  ލ.މާބައިދޫގައި އައިސް ޕްލާންޓެއް ތަރައްޤީކުރުން
  4. އޮލިމްޕަސް ހޯލް އަޕްގްރޭޑިން ޕްރޮޖެކްޓް
  5. ނ. މިލަދޫގައި މަލްޓި ޕާޕަސް ކައުންސިލް އިމާރާތެއް އިމާރާތްކުރުން
  6. އދ. ދަނގެތީ ކަލްޗަރަލް ސެންޓަރު އިމާރާތްކުރުން
  7. ތ. ތިމަރަފުއްޓާއި ތ. ވޭމަންޑޫގެ މަގުބައްތި ހަރުކުރުން


މި އެމްއޯޔޫތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.

ފޮރިން މިނިސްޓްރީން ބުނީ 85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ މި ސްކީމްގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ފުރަތަމަ ސޮއިކޮށްފައިވަނީ 17 މާޗް 2019 ގައި ކަމަށާއި، މި ސްކީމް 155 މިލިއަން ރުފިޔާއަށް އިތުރުކުރުމަށް ސޮއިކޮށްފައިވަނީ 23 ޖުލައި 2021 ގައި ކަމަށެވެ.

މިއަދު އިފްތިތާހު ކުރެވުނު މަޝްރޫއުތަކުގެ އިތުރުން، މި ގްރާންޓް ސްކީމްގެ ދަށުން މިހާރުވެސް 12 މަޝްރޫޢެއްގެ މަސައްކަތް ހިނގަމުން ދެއެވެ.

އެގޮތުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ އަދި ނ. ނެދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުމާއި، އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ޓޫރިޒަމް ޒޯންތައް ތަރައްގީކުރުމާއި، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ހަނިމާދޫގައި ހިންގާ އެގްރިކަލްޗަރަލް ލިންކޭޖްސް ޕްރޮޖެކްޓާއި، އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސް ސެންޓަރެއް ގާއިމުކުރުމާއި ހއ.ހޯރަފުށީގައި ވޯޓަ ބޮޓްލިން ފެކްޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.

އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެމްއޯޔޫތަކުގެ ދަށުން އިފްތިތާހްކުރެވޭ މަޝްރޫއުތަކުގެ ސަބަބުން އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއާއި، ތިމާވެއްޓާއި ސަގާފީ ތަރިކަ ރައްކާތެރިކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ކުޑަކުދިންގެ ދުޅަހެޔޮކަމާއި އަދި ހުނަރު ތަރައްޤީކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް