ads
ޖަލުތަކުގައި ކުރިއަށްދިޔަ ތަމްރީނެއްގެ ތެރެއިން-
ކަރެކްޝަނުން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް އިން ޕްރިޒަން އޮފިސަރުގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ވަޒީފާގެ ފުރުސަތާއި ގުޅިގެން ކަރެކްޝަންސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެމްސީއެސްއަށް ޕްރިޒަން އޮފިސަރުން ހޯދަން ބޭނުންވާ ކަމަށާއި އެ މަގާމަށް ކުރިމަތިލެވޭނީ އެއްވެސް އިރެއްގައި މަސްތުވާތަކެތި ބޭނުން ކޮށްފައިނުވާ 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުނަށް ކަމަށެވެ. 

ޕްރިޒަންސް އޮފިސަރުންގެ ގޮތުގައި ނަގާނީ ނޮން ކޮމިޝަންޑް އޮފިސަރުންނެވެ.

މި ފުރުސަތުގައި ވަޒީފާއަށް ނަގަނީ ކިތައް މުވައްޒަފުން ކަމެއް އެ އިއުލާނުން ސާފެއް ނުވެއެވެ.

އެ މަގާމަށް ހަމަޖެހިފައިވާ އަސާސީ މުސާރައަކީ 6050 ރުފިޔާ އެވެ. ނަމަވެސް އެހެނިހެން އެލަވެންސްތަކާއެކު އެ އަދަދު 15،072 އަށް އަރާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ޕްރިޒަން އޮފިސަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކު ތެރޭގައި ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި ދިވެހި އަދި އިސްލާމް އިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން ހިމެނެ އެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި އިސްކަން ދެވޭ ކަންތައްތަކުގެ ތެރޭގައި ފިޒިކަލް ފިޓްނަސް ހުރި މިންވަރާއި ތަޢުލީމީ ފެންވަރު އަދި އިންޓަވިއު މާކްސް އަށް ބެލެވޭނެ ކަމަށް އިއުލާނުގައި ވެއެވެ

ޝައުގުވެރިވާ ފަރާތްތަކުން ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރާއި ލިޔެކިޔުންތަކާއެކު އަންނަ މަހުގެ 14 ވަނަ ދުވަހުގެ ކުރިން ހަށަހަޅަންޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް