ads
ދޫނިދޫ ޖަލުގައި ހަމަނުޖެހުމެއް ނުހިނގާ: ފުލުހުން
ދޫނިދޫ ޖަލުގައި ބައެއް ގައިދީން ހަޅުތާލު ކުރަމުންދިޔަ ނަމަވެސް އެއްވެސް ހަމަނުޖެހުމެއްް ނުހިނގާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންދަނީ ފުލުހުންގެ ބެލުމުގެ ދޮށުގައި އޮންނަ ކަސްޓޯޑިއަލް ޖަލުގައި ތިބި ބަޔަކު ކަމަށެވެ. 

އެމީހުން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދަނީ އެމީހުންނަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބެންޖެހޭ ބަޔަކަށް ވާއިރު ދޫނިދޫ ކަސްޓޯޑިއަލް ޖަލެއްގައި ބައިތިއްބާފައި ތިބުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ.

އެމީހުންގެ ތެރެއިން ބައެއް މީހުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާ ކަމަށާއި ނަމަވެސް އެއްވެސް ހަަމަނުޖެހުމެއް ޖަލުގައި ނުހިނގާކަމަށް ފުލުހުން ބުނެއެވެ.

އަދި ދޫނިދޫގެ ކަސްޓޯޑިއަލް ހާލަތު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ. 

މީގެ ކުރިންވެސް މި މައްސަލައިގައި ގައިދީން ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް