ads
ކޮވިޑް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ--
އިތުރު 131 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ
ރާއްޖެއިން އިތުރު 131 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިއަދު ވަނީ 3،889 ސާމްޕަލް ޓެސްޓު ކުރެވިފައެެވެ. އޭގެތެރެއިން މުޅި ރާއްޖެއިން މިއަދު ޕޮޒިޓިވް ވެފައިވަނީ 131 މީހުންވެ. 

މިއަދު އަތޮޅުތެރޭގެ ރަށްތަކުން 77 މީހުން ޕޮޒިޓިވްވިއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 44 މީހުންނެވެ. ރިސޯޓްތަކުން ހަތް މީހަކު އަދި ސަފާރީތަކުން ތިން މީހަކު ޕޮޒިޓިވްވެފައި ވެއެވެ. 

މިއާއެކު މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 86،550 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 84،918 އަށް އަރާފައިވާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އުޅެނީ 17 ގައެވެ.

މިހާތަނަށް ރާއްޖެއިން 240 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު، މިވަގުތު ރާއްޖޭގައި ތިބީ ބަލިޖެހިފައިވާ 1،379 މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް