ads
އަނަންޔާ——
ވަޓްސް އެޕް މެސެޖުތަކަކާއި ގުޅިގެން އަނަންޔާ އެންސީބީ އަށް
މަޝްހޫރު އެކްޓަރު ޗަންކޭ ޕާންޑޭގެ ދަރިފުޅު އަނަންޔާ ޕާންޑޭ އެންސީބީއަށް ހާޒިރުކޮށް ސުވާލުކުރީ ޝާހްރުކް ހާންގެ ދަރިފުޅު އާރިޔާން ހާން ގެ މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެންނެވެ.

ބައްޕަ ޗަންކޭ ޕާންޑޭ އާއިއެކު އިއްޔެ އެންސީބީ އޮފީހަށް އަނަންޔާ ހާޒިރުކޮށް ސުވާލުކޮށްފައިވަަނީ އެންސީބީގެ ބެލުމުގެ ދަށުގައި އޮތް އާރިޔާންގެ ފޯނުން ފެނުނު ވަޓްސް އެޕް މެސެޖްތަކަކާއި ގުޅިގެން ކަމަށް ހަބަރުތައް ބުނެއެވެ.

އަނަންޔާއާއި އެންސީބީން ވަނީ ޑްރަގު ސަޕްލައި ކުރާ ގޮތުން ފެށިގެން ޑްރަގު ޑީލްތައް ހަދާ ދުވަސްވަރާއި ބެހޭ ގޮތުންވެސް ސުވާލުކޮށްފައިވާ ކަމަށް ވެއެވެ.

އެންސީބީގެ ބެލުމުގެ ދަށަށް އާރްޔަން މިމަހުގެ ދެވަނަ ދުވަހު ގެނެވިފައިވަނީ މުމްބައީ ބޭރުގައި އޮތް ކްރުޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށެވެ. އާރިޔަން އާއެކު އަށް މީހަކު ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފަ އެވެ.

އާރިޔާންގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށްވެސް ދަންމާލާފައިވާއިރު މިހާރު މިމަހުގެ 30 އަނެއްކާވެސް ވަނީ ބަންދުގެ މުއްދަތު އިތުރު ކޮށްފަ އެވެ.

އާރިޔާންވަނީ ހަތަރު އަހަރު ވަންދެން މަސްތުވާ ތަކެތި ބޭނުން ކުރި ކަމަށާއި، ކިޔަވަން އެމެރިކާ އާއި، ދުބާއީ އަދި އިންޑިޔާގެ އިތުރުން އެހެން ގައުމުތަކުގައި އުޅުނުއިިރުވެސް މަސްތުވާ ތަކެތި ބޭނުން ކޮށްފައިވާ ކަމަށް އެއްބަސްވެފައެވެ. 

އާރިޔަން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސް އެކްޓްގެ 27 ވަނަ ސެކްޝަންގެ ދަށުންނެވެ. އާރިޔަން އަށް ކުރެވޭ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 10 އަހަރުގެ ހުކުމެއް އައުން އެކަށީގެންވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް